ޚަބަރު

ބަރލިން މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ޖަރުމަނުގައި ބާއްވާ ބަރލިން މެރަތަން 2026ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by STELCO

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް)ބުނީ، މި ފުރުސަތު ހުޅުވާލެވިފައި ވަނީ ހަމައެކަނި ދިވެހިންނަށް ކަމަށާއި ކްލަބެއް މެދުވެރިކޮށް ނުވަތަ އަމިއްލަ ފަރުދުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި މި މެރަތަންގައި ބައިވެރިވުމަށް، އެ އެސޯސިއޭޝަނުން އާންމުކޮށްފައިވާ އޮންލައިން ފޯމު ފުރުމަށާއި އެންޓްރީ ފީއެއްގެ ގޮތުގައި 385އެމެރިކާ ޑޮލަރު ދައްކަންޖެހޭނެ ކަމަށް އޭއޭއެމް އިން މަޢުލޫމާތުދެއެވެ.

މި މެރަތަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 27ވަނަ ދުވަހުއެވެ. އަދި މި މެރަތަންގައި ބައިވެރިވާ ފަރާތްތަކުން 6ގަޑި އިރާ 15މިނެޓުގެ ތެރޭގައި، 42.195ކިލޯ މީޓަރުގެ ރާސްތާއެއް ނިންމަން ޖެހެއެވެ.

ފާއިތުވި 2025ވަނަ އަހަރު މި މެރަތަން ފިރިހެން ބައިވެރިންގެ ބައިން ކާމިޔާބުކޮށްފައި ވަނީ ކެންޔާގެ ދުވުންތެރިއެއް ކަމަށްވާ ސެބަސްޓިއަން ސަވޭއެވެ. އޭނާ މެރަތަން ކާމިޔާބުކުރީ 2:02:16ނެވެ. އަދި އަންހެން ބައިވެރިންގެ ބައިން ކެންޔާގެ ދުވުންތެރިއެއް ކަމަށްވާ ރޯސްމެރީ ކާމިޔާބުކޮށްފައި ވަނީ 2:21:05ނެވެ.