ޚަބަރު

ފީނަން ފޭބި މީހަކު ޑީކޯވެގެން ފަރުވާ ދެނީ

ދެން އެމްވީ ، ދެން އޮންލައިން

ފީނަން ފޭބި ޒުވާން މަސްވެރިއަކު ޑީކޯވެގެން ފަރުވާ ދޭން ފަށައިފި އެވެ.

Ads by Sosun Fihaara

އެމްއެންޑީއެފުން ބުނީ، ގދ. ކޮނޮއްޓާ މޯލްޑިވްސް ރިސޯޓު ކައިރީގައި މަސްވެރިކަން ކުރަން އުޅުނު "ހުދު ހުދު" ނަމަކަށް ކިޔާ ދޯނިން ފީނަން ފޭބި މީހަކު ޑީކޯ ވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓް ގާޑް ސްކުއެޑްރޮންގެ އެހީތެރިކަމާއެކު ސީ އެމްބިއުލަންސްގައި މިރޭ 6:10 ގައި ވަނީ ގދ. ތިނަދޫއަށް ގެންގޮސްފައި ކަމަށެވެ.

ޑީކޯ ވެފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެ ޒުވާނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ފުޅި އަޅައިގެން ފީނުމަށްފަހު ކުއްލިއަކަށް އަތުގައި ރިއްސައިގެން އަވަސް ފަރުވާއަށް އެދުމުން ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!