ޚަބަރު

ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައިފިނަމަ ރާއްޖޭގައި ލައްކައެއްހާ މީހުންނަށް ކޮވިޑް ޖެހިދާނެ!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖެއިން އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ 98،501 މީހުންނަށް ވައިރަސް ޖެހިދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ކުރި ދިރާސާ އަކުން ދައްކައިފިއެވެ.

Ads by MWSC

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮމިއުނިޓީ ސްޕެރެޑެއްގައި ފިޔަވަޅުތައް ވަރުގަދަ ނުކޮށްފިނަމަ މާލެ ސަރަޙައްދުން 46،627 އަށްވުރެ ގިނަ މީހުންނަށް އަދި އަތޮޅުތަކުން 51،874 މީހުންނަށް ކޮވިޑް ޖެހޭނެކަމަށް ބެލެވޭކަމަށެވެ.

ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފިނަމަ ރާއްޖެ އިން ބަލި ޖެހޭނެ ކަމަށް ލަފާކުރެވޭ އަދަދު 2000 މަދު ކުރެވޭނެ ކަމަށާއި ހަތަރު މީހަކު މަރުވާނެ ކަމަށް ވެސް އެޗްޕީއޭއިން ލަފާކޮށްފައިވެއެވެ. އަދި ފިޔަވަޅުތައް އަޅައިފި ނަމަ ބަލި އެންމެ ބޮޑަށް ފެތުރޭނެ ދުވަހަކަށް ވާނީ 105 ވަނަ ދުވަސް ކަމަށް އެޗްޕީއޭ އިން އަންދާޒާކުރެއެވެ.

ރާއްޖޭގައި ބަލި ފެތުރޭނެ މިންވަރު ލަފާކޮށްފައި ވަނީ، އޭނާ ވިދާޅުވި ގޮތުގައި، ދިވެހިންނާއި ބިދޭސީން އަދި ރާއްޖެ އަންނަ ޓޫރިސްޓުން ވެސް ހިމެނޭ ގޮތުން މި އަހަރުގެ ޖުމްލަ އާބާދީގެ މައްޗަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!