ޚަބަރު

ވަގަށް ނަގާފައިވާ ދެ ލެޕްޓޮޕް ވިއްކާލާފައިވަނިކޮށް ހޯދައިފި

ވަގަށް ނަގާފައިވާ ދެ ލެޕްޓޮޕް ވިއްކާލާފައިވަނިކޮށް ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ ވިލިމާލޭގައި ހުންނަ "އަލް ހަބްސީ އިންޖިނިއަރިންގ ކޮންސަލްޓަންޓް" ގެ އޮފީސް ފަޅާލައި ދެ ލޮޕްޓޮޕް ވަގަށް ނަގާފައިވާ މައްސަލައެއް މިދިޔަ މަހުގެ 28 ވަނަ ދުވަހު ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލަ ހުށަހެޅުމާއެކު މާލެ އާއި ވިލިމާލޭގެ އެކި ސަރަހައްދުތަކުން ނެގުނު ސީސީޓީވީ ފުޓޭޖްތައް ބަލައިގެން ފުލުހުން ކުރި މަސައްކަތުން ތުހުމަތު ކުރެވޭ މީހާ ދެނެގަނެ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ ދެ ލެޕްޓޮޕް މިއަދުގެ ވަގުތެއްގައި ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން އެ ދެ ލެޕްޓޮޕް ފެނިފައިވަނީ ތަފާތު ދެ މީހަކަށް ވިއްކާލާފައިވަނިކޮށް ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 49 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ،

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!