ދުނިޔެ

ކޮވިޑް19: ފުރަބަންދުތަކުން ދުނިޔެ ސަލާމަތްވާނީ 2022 ވަނަ އަހަރު

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ހިސާބުތަކެއް ލޮކްޑައުން ކުރުމާއެކު ގިނަ ބަޔަކު ގެންދަނީ ފުރަބަންދު ނިމި އެނބުރި ކުރީގެ ދިރިއުޅުމަށް ރުޖޫއަ ވުމަށް އިންތިޒާރު ކުރަމުންނެވެ. ފުރަބަންދުގެ ސަބަބުން ގިނަ ވިޔަފާރިވެރިންނަށާއި ކުންފުނިތަކަށް ބޮޑެތި ގެއްލުން ތަކެއް ވަމުންދާއިރު ގިނަ ބައެއްގެ ވަޒީފާ ގެއްލި އާއިލާތައް އަންނަނީ ހާލުގައި ޖެހެމުންނެވެ.

Ads by Sosun Fihaara

ނަމަވެސް ފުރަބަންދު ނިމޭނެ އިރަކަށް ކިތަންމެ ގިނަ ބަޔަކު އިންތިޒާރު ކުރިނަމަވެސް ސިއްހީ މާހިރުން ގަބޫލުކުރާ ގޮތުގައި ކޮވިޑް19 ގެ ސަބަބުން ކޮށްފައިމިއޮތް ފުރަބަންދާއި ހަރުކަށި ފިޔަވަޅުތައް ގިނަ ދުވަހަކަށް ދެމިގެން ދިއުމަކީ އެކަށީގެންވާކަމެކެވެ.

ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި ވައިރަހުގެ ކޭސްތައް މަދުވެ ކާރވް ފްލެޓް ވާ އިރަށް ފުރަބަންދު އުވާލައިފިނަަމަ ވައިރަސް އަލުން ފެތުރުމުގެ ބިރު އެބައޮތެވެ.

މި ދިރާސާއިން އިތުރަށް ދައްކާގޮތުގައި ވައިރަހާއި ގުޅިގެން އިއުލާނުކޮށްފައިމިވާ ފުރަބަންދު 2022 ވަނަ އަހަރާއި ހަމައަށް ދެމިގެންގޮސްދާނެއެވެ.

މި ދިރަސާއާއި ގުޅިގެން ނެރުނު ބައެއް ރިޕޯޓުތަކުގައި ބުނެފައިވާ ފުރަބަންދަ އުވާލިނަމަވެސް އާންމު ސާފުތާހިރުކަމާއި ސަލާމަތަށް ރައްކާތެރިކަން ދީގެން އުޅެފިނަމަވެސް ވައިރަހުން ރައްކާތެރިވެވިދާނެއެވެ. އެގޮތުން އިޖުތިމާއީ ގައިދުރުކަން ދަމަހައްޓައި ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެ އަދި ރައްކާތެރިކަމުގެ ގޮތުން މާސްކު ބޭނުން ކުރުން ހިމެނެއެވެ. ޗައިނާ އާއި އޭޝިއާގެ ބައެއް ގައުމުތަކުން ވެސް އަންނަނީ މި ފިޔަވަޅުތައް އަޅަމުންނެވެ.

މިހާތަނަށް މުޅި ދުނިޔެއިން ޖުމްލަ 1,993,677 މީހުނަށް ވައިރަސް ޖެހިފައިވާއިރު ވައިރަހުގެ ސަބަބުން 126,319 މީހަކު ވަނީ މަރުވެފައެވެ. ވައިރަސް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 467,214 މީހުނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!