ޚަބަރު

ކެމްޕޭންއަށް ރައީސް މުއިއްޒު މައްޗަން ގޯޅީގައި ދޮރުން ދޮރަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު މައްޗަން ގޮޅީގެ ގޭގެއަށް ިޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރެވުން--

ކުރިއަށް އޮޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕޭންގައި ރައީސް މުއިއްޒު މައްޗަންގޯޅީގެ ބައެއް ގެތަކަށް ޒިޔާރަތްކުރައްވައިފިއެވެ.

Ads by Allied

އިންތިހާބުގެ ކެމްޕޭން ޕީއެންސީއިން ފުޅާކޮށްފައިވާ އިރު ރައީސް ގެތަކަށް ޒިޔާރަތްކުރައްވަން ފެއްޓެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއީ މާފަންނުގެ ގެތަކަށެވެ.

އިންތިހާބު ފެށުމުގެ ކުރިން ވެސް ޕީއެންސީއަށް ވަނީ 70ގޮނޑި ކާމިޔާބުކުރެވިފައެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.

ޕީއެންސީގެ އިސް ބޭފުޅުން ވިދާޅުވަމުންދާ ގޮތުން އެ އިންތިހާބު އެ ޕާޓީން ބޮޑުތަކުން ކާމިޔާބުކުރާނެއެވެ.

  1. ސަލާމް

    ތިބުރުގަ ބައެއްދޮރު ދޯ ފެންނަނީ؟