ޚަބަރު

މަގު ނުދެއްކި ޕިކަޕު ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
Screenshot

އެމްބިއުލެންސަށް މަގު ނުދެއްކި ޕިކަޕު ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފިއެވެ.

Ads by PNC

އެމްބިއުލެންސްއެއް ސައިރަން އަޅަމުން ދިޔައިރު ވެސް ޕިކަޕެއް މަގު ނުދައްކާ އޮންނަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ.

އެ މައްސަލައާ ގުޅިގެން "ދެން"އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޑްރައިވަރު 750ރުފިޔާއިން ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުން ސައިރަން އަޅަމުން ދިޔައިރު ވެސް އެކަމަށް ސަމާލުކަމެއް ނުދީ ޕިކަޕުން ދިޔައީ މުދާ ބާލަމުންނެވެ. އެހެންވެ އެމްބިއުލެންސްއަށް ކުރިއަށް ދެވޭ ގޮތް ނުވެ މަގުގައި ތާށިވެފަައި އޮތް އިރު ޕިކަޕުގެ ފަހަތުގައި އޮތް އެހެން ވެހިކަލްތަކަށް ވެސް ނުދެވިގެން ބަރުގޮނު އަޅާ އަޑުއިވެއެވެ.

އެމްބިއުލެންސްއަށް ދިއުމުގެ ފުރުސަތު އެންމެ ފަހުން ލިބުނީ ޕިކަޕުން މުދާ ބާލައި ހުސްކުރި ފަހުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!