ޚަބަރު

މަހިބަދޫ ބަނދަރުގައި އަޅާފައި އޮތް އުޅަނދުތަކެއްގައި ރޯވެ އަނދަނީ

ދެން އެމްވީ ، ދެން އޮންލައިން

އދ.މަހިބަދޫ ފަޅުތެރޭގައި އޮތް ލޯންޗްތަކެއްގައި އަލިފާން ރޯވެއްޖެއެވެ.

Ads by MWSC

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަހިބަދޫ ފަޅުތެރޭގައި އޮތް ލޯންޗުތަކެއްގައި އަލިފާން ރޯވެގެން ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ހެނދުނު 5:45 ގައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

އެމްއެންޑީއެފުން މީޑިއާތަކާއި ހިއްސާކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުން ވަރަށް ގިނަ ލޯންޗުތަކެއްގައި ވަނީ އަލިފާން ހިފާފައެވެ.

ގާތްގަނޑަކަށް 2000 އަށް. ވުރެ ގިނަ މީހުން އުޅޭ މަހިބަދޫގައި ހިނގި މި އަލިފާނުގައި ފަސް ލޯންޗެއްގައި އަލިފާން ރޯވެފައި ވެއެވެ. އޭގެ ތެރޭގައި ސީ އެމްބިއުލާންސް އާއި ޕޮލިހާއި އަތޮޅު ކައުންސިލްގެ ލޯންޗެއް ވެސް ހިމެނެ އެވެ.

ދެން ހިމެނެނީ އެޗްއެމްއެޗްއައި ޓްރެވަލްސްގެ ދެ ލޯންޗާއި ދެ ޑިންގީއެކެވެ.

އަލިފާން ނިއްވާލުމުގައި ސިފައިންނާއި ފުލުހުން އަދި ރަށުގެ ރައްޔިތުންނާއި ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!