Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ކޮރޯނާވައިރަސް އިންސާނުން މަރާކަށް ބޭނުމެއް ނުވޭ، ވައިރަހަށް ހަށިގަނޑު ކަމުދޭ - އިންޑިޔާގެ ފާދިރީއެއް

މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއް ކަމުގައިވާ ކޮވިޑް-19 ޖައްސާ ވައިރަސް، ކޮރޯނާވައިރަހަށް އިންސާނުންގެ ހަށިގަނޑު ކަމުދާ ކަމަށް އިންޑިޔާގެ ފާދިރީއަކު ބުނެފިއެވެ.

އިންޑިޔާގެ ޓީވީ ޗެނަލަކަށް ދިން އިންޓަރވިއުއެއްގައި ޖައްގީ ވަސޫދޭވް ނަމަކަށް ކިޔާ މި ފާދިރީ ބުނެފައިވަނީ ކޮރޯނާވައިރަހަށް އިންސާނާގެ ހަށިގަނޑު ކަމުދާ ކަމަށެވެ. އަދި އެ ވައިރަސް އިންސާނުން ނުމަރާނެ ކަމަށާއި، މި ދަނޑިވަޅުގައި އެންމެ މުހިންމީ ދިފާއީ ނިޒާމު ވަރުގަދަ ކުރުން ކަމަށާއި، މި ބައްޔަށް ޓެސްޓުކުރުން ކަމަށްވެސް މި ފާދިރީ ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ވަގުތަކީ އެންމެން އެކުވެރިކަމާ އެއްބައިވަންތަކަމާއެކު މަސައްކަތް ކުރަންވީ ވަގުތުކަމަށާއި، މިއީ އެކަކު އަނެކަކަށް އެހީވާންވީ ވަގުތުކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި ވިޔަފާރިތައް މި ވެއްޓުނު އަނދަވަޅުން އަރައިގަތުމަށް ހުރިހާ ވިޔަފާރިވެރިން މަސައްކަތް ކުރަންޖެހޭ ކަމަށާއި، މިއީ ފައިސާ ގުނަންވީ ވަގުތު ނޫން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

Advertisement
HDC — Sidebar (box)

ކޮވިޑް-19 އާއި ގުޅިގެން މިއަންނަ މޭ މަހުގެ 3 ވަނަ ދުވަހާއި ހަމައަށް އިންޑިޔާވެސް ވަނީ ފުރަބަންދު ކޮށްފައެވެ. މިހާތަނަށް އިންޑިޔާއިން ޖުމްލަ 11,487 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެގައުމުން މިހާތަނަށް މި ބަލީގައި 393 މީހަކު ވަނީ މަރުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް