ޚަބަރު

ތޫފާން ބޯމަތި ވެއްޖެ، އެއްބައިވަންތަކަން މުހިންމު: އަލީ ވަހީދު

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19ގެ ތޫފާން ރާއްޖެއަށް އަރައިފި ކަމަށާއި މިވަގުތު މުހިންމީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލެނބުން ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަލީ ވަހީދު މިހެން ވިދާޅުވީ ފުރަތަމަ ފަހަރަށް މާލެއިން ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެންނެވެ. މިއާއެކު ކޮމިއުނިޓީ ސްޕްރެޑް ނުވަތަ އާންމުގެ ތެރޭގައި މި ބަލި ފެތުރިދާނެ ކަމުގެ ބިރުވެރިކަން މިވަނީ ބޮޑުވެފައެވެ.

އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުހިންމީ އެއްބައިވަންތަ ކަމާއެކު މަސައްކަތް ކުރުން ކަމަށެވެ.

"އެޗްޕީއޭގެ އިރުޝާދުތަކަށް އަމަލު ކުރައްވާ، ރައްކާތެރިވެ ތިއްބަވާ. އެކީގައި ދުއާ ކުރައްވާ. މިބަލިން ރަނގަޅުވާނީ ވެސް އެކީގައި، ފައްސިކޮށް ވިސްނަވާ އަދި އެކަކު އަނެކަކަށް މިފަދަ ހާލަތްތަކުގައި ވެސް އެހީތެރިވެލައްވާ. ﷲގެ އިރާދަފުޅާއެކު މިކަމުން އަޅުގަނޑުމެން އަރައިގަންނާނަން." އަލީ ވަހީދު ވިދާޅުވިއެވެ.

މިއަދު މާލެއިން ކޮވިޑަށް ފައްސިވެފައި ވަނީ މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ މީހެކެވެ. މިއީ މާލޭ ތެރެއިން ފައްސިވި ފުރަތަމަ މީހާ އެވެ.

އެޗްޕީއޭއިން ބުނީ އޭނާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!