މާލޭ ސަރަހައްދު ލޮކްޑައުން ކުރުމާމެދު މަޝްވަރަ ކުރަނީ
މާލެއިން ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނުމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުގެ މަޝްވަރާތައް ފަށައިފިއެވެ.
މިފަދަ މަޝްވަރާތަކެއް ފަށާފައި މިވަނީ ފުރަތަމަ ފަހަރަށް މާލެއިން ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެންނެވެ. މިއާއެކު ކޮމިއުނިޓީ ސްޕްރެޑް ނުވަތަ އާންމުގެ ތެރޭގައި މި ބަލި ފެތުރިދާނެ ކަމުގެ ބިރުވެރިކަން މިވަނީ ބޮޑުވެފައެވެ.
އެނގިފައިވާ ގޮތުގައި މާލެ އިން ކޮވިޑް-19 އަށް މީހަކު ފައްސިވުމާ ގުޅިގެން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ވަނީ މާލެ ފުރަބަންދު ކުރުމާ މެދުގައި ގޮތެއް ނިންމުމަށް މަޝްވަރާތައް ފަށައިފައެވެ. އެ ބައްދަލުވުމުގައި މާލެއަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބެލެވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ ގައިޑްލައިންގައިވާ ގޮތުން މާލޭގެ ވަކި ސަރަހައްދެއް ވެސް ރެޑް ޒޯން ގޮތަށް ކަނޑައަޅައި ބަންދުކުރެވިދާނެއެވެ.