ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން މުއިއްޒު ނިޔާވެއްޖެ
ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއަޕާސަން އަދި އެ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު އަބްދުލްމުއިއްޒު ހަސަން މިއަދު ނިޔާވެއްޖެއެވެ.
އޭނާ ނިޔާވީ އުމުރުން 36އަހަރުގައެވެ.
މުއިއްޒު ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މިއަދު ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ މުއިއްޒު ނިޔާވި ހަބަރު އެއްސެވީ ފުންހިތާމައާ އެކު ކަމަށާއި އޭނާއަކީ ހިތްވަރުގަދަކަމާއި ހިތްހެޔޮކަމުގެ ރީތި ނަމޫނާއެއް ދެއްކެވި ޒުވާނެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްހޫމް އަބްދުލްމުއިއްޒު ހަސަން ލަހައްޓަވާށި. އާމީން" ރައީސް އެކްސްގައި ވިދާޅުވިއެވެ.
Ads by Allied Insurance