ޚަބަރު

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް ޒިޔަތު އައްޔަންކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިބްރާހިމް ޒިޔަތު--

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑެޕިއުޓީ ސީއީއޯއަކަށް އިބްރާހިމް ޒިޔަތު އައްޔަންކޮށްފިއެވެ.

Ads by Allied

އެމްޕީއެލްއިން މިއަދު ކުރި ޕޯސްޓެއްގައި ވަނީ ޒިޔަތު އެ މަގާމަށް އައްޔަންކުރިކަން ހާމަކޮށް އޭނާއަށް މަރުހަބާ ކިޔައިފައެވެ.

ޒިޔަތު ކުރިން ވަނީ ރައީސް އަބްުﷲ ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯގެ މަގާމު ވެސް ފުރުއްވައިފައެވެ.

އޭނާއަކީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އެއްބަނޑުއެއްބަފާ ބޭފުޅެއް ވެސް މެއެވެ.

ޒިޔަތު ހިމެނޭގޮތަށް އެމްޕީއެލްގެ ބޯޑުގައި އަށް މެމްބަރުން ތިއްބަވައެވެ. އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި މިހާރު ހުންނެވީ މުހައްމަދު ރިޝްވާންއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!