ޚަބަރު

ކައްދޫއަށް ދަތުރުކުރި ފްލައިޓެއް މާލެއަށް ޑައިވާޓް ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އިން ކައްދޫގައި އޮންނަ އިސްކަންދަރު އެޔަރ ބޭސްއަށް ދަތުރުކުރި ފްލައިޓެއް، އަބުރާ ވެލާނާ އެއަރޕޯޓަށް ޑައިވާޓްކޮށްފިއެވެ.

Ads by STELCO

އެނގިފައިވާ ގޮތުގައި މި ފްލައިޓޫ ޑައިވާޓް ކޮށްފައިވަނީ މިއަދު މާލެއިން ދިވެއްސެއް ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެޗްޕީއޭގެ އެންގުމަކަށެވެ.

މި ފްލައިޓު މިހާރު ވެލާނާ އެއާޕޯޓުގައި ޖައްސާފައިވާއިރު، އަދިވެސް ފްލައިޓުގައި ތިބި މީހުން ބާލާފައި ނުވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މާލެ އިން މިއަދު ވަނީ ފުރަތަމަ ފަހަރަށް ކޮވިޑަށް ފައްސި ވެފައިވާ ދިވެއްސަކު ފެނިފައެވެ. އެއާއެކު މާލެ ސަރަހައްދު މިހާރު ވަނީ ލޮކްޑައުންގެ ހާލަތަށް ގެނެސްފައެވެ.

އެމީހާ ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ މާލެ ފުލޫ ކްލިނިކަށް ދެއްކުމުން ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.

ރާއްޖެއިން ޖުމްލަ 21 މީހަކު ކޮވިޑަށް ފައްސި ވެފައިވެއެވެ. މީގެތެރެއިން 16 މީހަކު މިހާރު ވަނީ މިހާރު ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހަކު ބައްޔަށް ފައްސިވިކަން އެނގުނީ ރާއްޖެ އިން ފުރިފަހުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!