ލައިފްސްޓައިލް

ހާސްވެ ކަންބޮޑުވަނީތަ؟ މިއޮތީ އެކަމުން ވެސް ނެގިދާނެ ފައިދާތަކެއް!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އަހަރެމެން ދުނިޔޭގައި ދިރިއުޅުމުގެ ވަގުތުތައް ހޭދަކުރަމުން ދާއިރު، ހަމަ ޔަގީނުން ވެސް ވަރަށް ގިނަ ގޮންޖެހުންތަކާއި ދިމާވާނެއެވެ. ޝައްކެއްވެސް ނެތެވެ. އެއްވެސް މީހަކަށް އަބަދަކު އުފަލުގައެއް ނޫޅެވޭނެއެވެ. ހިތާމައާ ވެސް ކުރިމަތިލާން ޖެހޭނެއެވެ. އެއީ ދުނިޔޭގެ އުސޫލު ވެސް މެއެވެ. ބައެއް މީހުންނަކީ ވަރަށް ފަސޭހައިން ކަންކަމާއި ކަންބޮޑުވެ ހާސްވާ މީހުންނެވެ. ދިރިއުޅުމުގެ ކަންކަމާއި މެދު ވިސްނާ ، ސްޓްރެސް ވާމީހުންނެވެ. ކަންކަމާ ފަސޭހައިން ކަންބޮޑުވެ ހާސްވާނަމަ އެކަމުން ވެސް ފައިދާ ނެގިދާނެއެވެ.

Ads by STELCO

ކަމަކާއި ދޭތެރޭ ވިސްނާ މާބޮޑަށް ހާސްވާނަމަ އެކަމާއި ކުރިމަތި ލާށެވެ. ބޮޑު އުނދަގުލަކާ ކުރިމަތި ލާން ބިރުން އަބަދު އެކަމާއި ދޭތެރޭ ވިސްނުމުގެ ބަދަލުގައި، އެ އުނދަގުލަކާއި ކުރިމަތި ލާށެވެ. ކަންކަމާއި ދޭތެރޭ ހާސްވެ ބިރުގަތުމަކީ ވެސް ދިރިއުޅުމުގައި ކުރިމަތި ލާން ޖެހޭނެ ކަމެއްކަން ދަނެގެން، އެކަން އަމިއްލަ ނަފްސަށް ވިސްނަދޭށެވެ. މިފަދައިން ހާސްވެ ކަންބޮޑުވާ ކަންކަމާއި ކުރިމަތިލުމުން ދިރިއުޅުމުގައި އިތުރަށް ރަނގަޅު ކުރަން ހުންނަ ކަންކަން ވެސް އެނގޭނެއެވެ.

ދިރިއުޅުމުގައި އެއްވެސް ވަރަަކަށް ކަންކަމާއި މެދު ފަސޭހައިން ހާސްވުމާއި ކަންބޮޑުވުމަކީ ތިބާގެ ބަލި ފަޔަކަށް ވިޔަ ނުދޭށެވެ. އޭގެ ބަދަލުގައި ކަންކަމާއި ދޭތެރޭ ހާސްވުމާއި ކަންބޮޑުވުން ހަދަންވީ ތިބާގެ ހިތްވަރަކަށެވެ. ދިމާވާ ގޮންޖެހުންތަކުގައި ފަސޭހައިން ހާސްވުން ތިބާ ކޮންޓްރޯލް ކޮށް ބަލި ފަޔަކަށް ވުމުގެ ކުރިން އެކަންކަމަކީ ތިބާގެ ހިތްވަރާ ބުންވަރަށް ހަދާށެވެ.

ހަޔާތް އަބަދު އެއް މަގަކުން ކުރިއަށް ގެންދިއުމުގެ ބަދަލުގައި ބައެއް ފަހަރު މަގު ބަދަލު ކޮށްލާށެވެ. އެގޮތުން ދިރިއުޅުމުގައި ކުރިން ނުކުރާ އާ އެހެނަސް ފައިދާހުރި ކަންކަން ކުރާށެވެ. އަބަދު އެއްގޮތަކަށް އުޅެ އެ ކަންކަމާއި މެދު ހާސްވެ ކަންބޮަޑުވެ އެކަމާއި ދޭތެރޭ ވިސްނުމުގައި ދުވަސްތައް ހޭދަކުރުމުގެ ބަދަލުގައި އާ ކަންކަން ތަޖުރިބާ ކޮށްލާށެވެ. އުޅޭ އުޅުމަށް ހެޔޮ ބަދަލުތައް ގެންނާށެވެ.

ހަގީގަތުގައި ދިރިއުޅުމުގައި ކާމިޔާބު ހާސިލުކުރެވޭނީ ވަރަށް ހިތްވަރުގަދަ އަދި ކެރޭ ކުޅަދާނަ މީހުންނަށެވެ. ދިރިއުޅުމުގައި އަބަދު ހުރިހާ ކަމެއް އެއްގޮތަށް ނުހިނގާނެ ކަން ގަބޫލުކުރަން ޖެހެއެވެ. ތިބާގެ ގާތް އަދި އެ މީހަކު ދެކެ ތިބާ ވަރަށް ލޯބިވާ މީހަކު ވެސް ބައެއް ފަހަރު ތިބާގެ ހަޔާތުން ދުރުވެދާނެއެވެ. ނުވަތަ ހިތާމައެއް ދީފާނެއެވެ. އެފަދަ ހާލަތްތަކުގައި އެ ކަންކަމާއި ވެސް ކުރިމަތި ލާން ޖެހޭނެކަން ގަބޫލުކޮށް، ދިރިއުޅުމައިގެން ކުރިއަށް ދާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!