ޚަބަރު

ޝަހީމްގެ އިރުޝާދު: މާޔޫސްނުވޭ، ﷲ އަށް ދުއާ ކުރައްވާ

ދެން އެމްވީ ، ދެން އޮންލައިން

މާލެއިން އެއްވެސް ޓްރެވަލް ހިޒްޓްރީ އެއް ނެތް މީހަކު ކޯވިޑް19 އަށް ޕޮޒިޓިވް ވުމުން ރައްޔިތުން މާޔޫސްނުުވެ ﷲ އަށް ދުއާ ދެންނެވުމުގައި ސާބިތުވެ ހުންނެވުމަށް ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އިރުޝާދު ދެއްވައިފިއެވެ.

ަޑރ.ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެއިން ކޯވިޑް 19 ފެނުނު ވާހަކަ އަޑު އެއްސެވީ ވަރަށް ހިތާމަ އާއިއެކުގައި ކަމަށެވެ. ޝަހީމްގެ ޓްވީޓްގައި ވަނީ މާތް ﷲ ދިވެހި ހުރިހާ ރައްޔިތުންނަށް ރައްކާތެރިކަން ދެއްވުމަށް އެދި ދުއާ ވެސް ދަންނަވާފައެވެ.

" މާލެއިން ކޯވިޑް 19 ފެނުނު ވާހަކަ އަޑުއެހީ ވަރަށް ހިތާމަ އާއި އެކީއެވެ. މާތް ﷲ ލޮބުވެތި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ދެއްވާށި. ސިއްހީ އިރުޝާދުތައް ގަބޫލު ކުރައްވާ. މާޔޫސް ވެނުލައްވާ. ﷲ އަށް ދުއާ ކުރައްވާ. އެކުވެރިވެލައްވާ. ގޭގައި މަޑު ކުރައްވާ." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މިވަގުތު ހުރިހާ ރައްޔިތުން ވެސް ސިއްހީ ބޭފުޅުން ދެއްވާ އިރުޝާދުތައް އަޑު އައްސަވައިން ގޭގައި މަަޑު ކުރެއްވުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!