ޚަބަރު

ރިސެސްއަށް ފަހު ސުޕްރީމް ކޯޓުގެ ޝަރީއަތްތައް މާދަމާ ފަށަނީ

ދެން އެމްވީ ، ދެން އޮންލައިން

ސުޕްރީމް ކޯޓަށް އާ ފަނޑިޔާރުން އައްޔަން ކުރުމަށް ފަހު ރިސެސްގައި އޮވެފައި އެ ކޯޓުގެ އަޑުއެހުންތައް މާދަމާ ފަށަން ތާވަލުކޮށްފި އެވެ.

Ads by STELCO

ސުޕްރީމް ކޯޓު ރިސެސްއަށް ގޮސްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހުގަ އެވެ.

ސުޕްރީމް ކޯޓަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު އަދި ފަނޑިޔާރު ހުސްނުއްސުއޫދު އައްޔަނު ކުރެވުނީ ނިމުނު އަހަރުގެ ޑިސެމްބަރު އަށް ވަނަ ދުވަހު އެވެ. އޭގެ ފަހުން އެ ކޯޓުގައި އަޑުއެހުމެއް ނުބާއްވާ ގިނަ ދުވަސްތަކެއް ވުމަށް ފަހު މާދަމާއަށް ވަނީ ތިން މައްސަލައެއް ތާވަލުކޮށްފަ އެވެ.

ފެށޭ ހަފްތާއަށްވެސް ގިނަ މައްސަލަތަކެއް ވަނީ ތާވަލުކޮށްފަ އެވެ. އޭގެތެރޭގައި ސުޕްރީމް ކޯޓަށް ހުށަހަޅައި ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލަތައްވެސް ހިމެނެ އެވެ. މީގެ 10 އަހަރުކުރީގެ މައްސަލަތަކެއްވެސް ވަނީ ތާވަލުކޮށްފަ އެވެ.

މީގެ ކުރިން ސުޕްރީމް ކޯޓަށް ހުށަހަޅައިގެން އެންމެ އަވަހަށް ނިންމުންތައް ނިންމާފައި ހުރީ ސިޔާސީ ބޮޑެތި މައްސަލަތަކުގަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!