ޚަބަރު

ލ. ގަން ލޮކްޑައުން އަކަށް ގޮސްފިނަމަ އެކަމަށް ތައްޔާރު - ކައުންސިލް

ދެން އެމްވީ ، ދެން އޮންލައިން

ލ. ގަން ލޮކްޑައުން ގެ ހާލަތަކަށް ހިނގައްޖެނަމަ އެކަމަށް ތައްޔާރު ކަމުގައި ގަމު ކައުންސިލުން ބުނެފިއެވެ.

Ads by STELCO

ގަމު ކައުންސިލުގެ ރަސްމީ ފޭސްބުކު ޕޭޖުގައި ކުރި ޕޯސްޓްގައި ބުނެފައިވާ ގޮތުގައި އެފަދަ ހާލަތަކަށް ހިނގައްޖެނަމަ ކާބޯތަކެއްޗާއި ޒަރޫރީ ބޭނުން ތަކަށް ބޭނުންވާ ތަކެތި ގޭގައި ތިބެގެން ގަނެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ރަށަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ލިބޭނެ ނިޒާމުވެސް ހަމަޖެހިފައިވާ ކަމަށް އެ ކައުންސިލުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ހުރިހާ ރައްޔިތުން ވެސް ކަމާބެހޭ އިދާރާތަކުގެ އިރުޝާދަށް ތަބައަ ވުމަށާއި ގޭގައި މަޑުކުރުމަށް ވެސް ކައުންސިލުން އެދިފައިވެއެވެ. އަދި ވައިރަސް ފަތުރާ ޗެއިން ހުއްޓުމަށްޓަކައި ގައިދުރުކަން ދަމަހައްޓައި ސަލާމަތީ ފިޔަވަޅުތައް އަޅަން އިލްތިމާސް ކޮށްފައިވެއެވެ.

ގަމު ކައުންސިލުން މިހެން ބުނެފައިމިވަނީ ކޮވިޑް-19ގެ އަލާމާތްތައް ހުރި މީހަކު ފެނިގެން ލ. ގަމު، މުކުރިމަގު އަވަށުގެ ގެއެއް ބަންދު ކޮށްފައިވަނިކޮށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ބުނީ ގަން، މުކުރިމަކު، މަހުމާ ނަމަކަށް ކިޔާ ގޭގައި މިވަގުތު ހުރި މީހެއްގެ ކިބައިން ކޮވިޑް-19ގެ އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާ ގުޅިގެން، ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް އެ ގެ ބަންދު ކުރެވިފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ އެ ގޭގައި މިވަގުތު ތިބި އެއްވެސް ބަޔަކު ވަކިގޮތެއް އަންގަންދެން ތަނުން ބޭރަށް ދިއުމާއި، ހުއްދަނެތި އެއްވެސް މީހަކު އެ ގެއަށް ވަނުން މަނާކުރެވިފައިވާތީ، އެފަދައިން އެކަން ހިނގާނެ ގޮތެއްގެ މަތިން ތަނުގެ އިންތިޒާމުތައް މި ހިނދުން ފެށިގެން ހަމަޖެއްސުމަށް ތަނުގެ ވެރިފަރާތަށް އަންގާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!