Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެސްޓީއޯ ސުޕަމާޓް ބަންދުކުރަން އާދަމް ޝަމީމް ގޮވާލައިފި

އެސްޓީއޯ ކައިރިއަށް މީހުން ފުނި ޖެހެން ބޭނުން ނުވާނަމަ އެސްޓީއޯ ސުޕަރމާޓް ބަންދުކޮށް ހަމައެކަނި ޑެލިވެރީގެ ހިދުމަތް ދިނުމަށް ގާނޫނީ ވަކީލު އާދަމް ޝަމީމް ގޮވާލައިފިއެވެ.

ޝަމީމް ވަނީ އެސްޓީއޯއިން ބޭނުންވަނީ އެތަނަށް މީހުން ނައިސް އެތަނުގެ ޑެލިވަރީ ޚިދުމަތް ހޯދުން ކަމުގައިވާނަމަ އެތަން ހުޅުވާފަ ބަހައްޓަންވީ ކީއްކުރަންތޯ ކަމަށް ބުނެ ސުވާލު އުފައްދާފައެވެ. އަދި ބަންދުކޮށްފިނަމަ އެތަނަށް މީހުން ނުދާނެކަމަށާއި އޭރުން ޑެލިވެރީ ގެ ހިދުމަތް ދެވެމުން ގެންދާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ކޮވިޑް-19 އަށް މާލެއިން މިއަދު ދިވެއްސަކު ޕޮޒިޓިވްވުމާއެކު، އޯކިޑް މަގުަގައި ހުންނަ އެސްޓީއޯގެ ފިހާރަ ކައިރީގައި އާންމުން ވަނީ ދިގު ކިޔު އެއް ދަމާލާފައެވެ.

Advertisement
Allied Insurance — Square (box)

އެސްޓީއޯއިން ގޭގެއަށް ބޭނުންވާ ތަކެތި ގެނެސްދޭނެ ކަމަށާއި، ތޮށްޖެހިގެން ސުޕަމާކެޓްތަކުން އެއްޗެހި ގަންނަން ނުދިއުމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެން އަމްރު ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެއްވެސް ޓްރެވަލް ހިސްޓްރީއެއް ނެތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ މާލެ ލޮކްޑައުން ކޮށްފައިވާއިރު މާލޭގެ މަގުތައް ވެސް ވަނީ ތޮއްޖެހިފަ އެވެ. ކާބޯތަކެތި ގަތުމަށް ފިހާރަތަކުގައި ގިނަ ބަޔަކު ވަނީ ކިއު ހަދާފަ އެވެ. އެގޮތުން މަސް ފިހާރަތަކާއި ކާބޯތަކެތީގެ ވިޔަފާރި ކުރާ ތަންތަނުގެ އިތުރުން މާރުކޭޓަށް ވެސް ގިނަ ބަޔަކު ވަނީ ތަކެތި ގަތުމަށް ގޮސްފަ އެވެ.

މިހާތަނަށް ރާއްޖެއިން 21 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން ތިން މީހަކު ފިޔަވައި އެންމެން ވަނީ ރަނގަޅުވެފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް