ޚަބަރު

މާލޭ ސަރަހައްދުގައި ބަނދަރުކޮށްފައިވާ އުޅަނދުތައް ފުރުން މަނާ ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މާލެ ސިޓީ 24 ގަޑިއިރުގެ ލޮކްޑައުން އަކަށް ގެނެސްފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުމަކީ މަނާ ކަމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފިއެވެ.

Ads by Sosun Fihaara

އެޗްޕީއޭ އިން ވަނީ މީގެ އިރުކޮޅެއް ކުރިން މާލެ ސިޓީ ހިމެނޭ ސަރަހައްދު 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައެވެ. މީގެ އިތުރުން ވެމްކޯއިން ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް މާލެ ސަރަހައްދުތަކުން ކުނި އުކުމުގެ މަސައްކަތް ވެސް މަޑު ޖައްސާލާފައެވެ.

މިއަދު ހެނދުނު ވަނީ މާލޭގައި ހުންނަ ފްލޫ ކްލިނިކަކަށް ޑޮކްޓަރަށް ދައްކަން ދިޔަ މީހަކު ކޯވިޑް 19 އަށް ޕޮޒިޓިވްފެފައެވެ. އެގޮތުން އެމީހާއަކީ އެއްވެސް ފަހުގެ ޓްރެވަލް ހިޒްޓްރީ އެއްވެސް އޮތް މީހެއް ނޫނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!