ހަރަދުކުޑަކުރަން މިފްކޯގެ މަސައްކަތު ގަޑި ކުރުކޮށްފި
ހަރަދުކުޑަކުރަން މިފްކޯގެ މަސައްކަތު ގަޑި ކުރުކޮށްފިއެވެ.
މިފްކޯގެ ރަސްމީ ގަޑިއަކީ ހެނދުނު އަށަކުން ހަވީރު ހަތަރަކަށެވެ.
ނަމަވެސް މިފްކޯގެ މުވައްޒަފުންނަށް ފޮނުވާފައިވާ މެމޯއެއްގައިވާ ގޮތުން ދެން ރަސްމީ ގަޑިއަކީ ހެނދުނު އަށަކަން މެންދުރު ދެ އަކަށެވެ.
އެ ނިންމުން ނިންމީ މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ހަރަދުކުޑަކުރުމުގެ ގޮތުން ކަމަށް ވެސް މިފްކޯއިން ވަނީ ބުނެފައެވެ.
މިއީ ހަރަދުކުޑަކުރުމުގެ ރަސްމީ ގަޑި ކުރުކޮށްލި ފުރަތަމަ ސަރުކާރުގެ ކުންފުންޏެކެވެ. ބެލެވޭ ގޮތުން ސަރުކާރުގެ އެހެން ކުންފުނިތަކުން ވެސް ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅާނެއެވެ.
ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑިއަކީ އަށަކުން ދޭކަށެވެ.
އިރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއިލުން ފެށި ހަނގުރާމައާއެކު ދުނިޔޭގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އަގުތައް އިތުރަށް އުފުލޭނެ ކަމަށް ވަނީ ބެލެވިފައެވެ.