ބަންޑާރަ މިސްކިތު އިމާމަށް ބިރު ދައްކާ އިންޒާރު ދިން މައްސަލައެއް ބަލަނީ
ބަންޑާރަ މިސްކިތު އިމާމަށް ބިރު ދައްކާ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މީހަކަށް ބިރު ދައްކާ އިންޒާރު ދީފައިވާ މައްސަލައެއް މި މަހުގެ 4 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް މި މައްސަލަ އާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
މިފަދަ މާރާމާރީއަށް ވައްކަން ފަދަ އިޖުތިމާއީ މައްސަލަތައް މިދުވަސްކޮޅު އަންނަނީ އަނެއްކާވެސް އިތުރުވަމުންނެވެ.
Ads by Allied Insurance