ދުނިޔެ

ކޯވިޑް-19 ޖެހިފައިވާ ބަލިމީހުންނަށް ޒަމްޒަމް ފެން ބެހުމަށް ޝެއިޚް ސުދެއިސް އަމުރު ކުރައްވައިފި!

ދެން އެމްވީ ، ދެން އޮންލައިން

ކޯވިޑް-19 ޖެހިފައިވާ ބަލިމީހުންނަށް ޒަމްޒަމް ފެން ބެހުމަށް، އެންމެ މާތް ދެ ޙަރަމްފުޅު ކަމުގައިވާ މަސްޖިދުލް ޙަރާމް އާއި މަސްޖިދުލް ނަބަވީގެ އިމާމް ޝެއިޚް އަބްދުއްރަޙްމާން އަލް ސުދެއިސް އަމުރު ކުރައްވައިފިއެވެ.

Ads by Sosun Fihaara

ޝެއިޚް އަލް ސުދެއިސް ވިދާޅުވެފައިވަނީ ކޯވިޑް-19 ޖެހިފައިވާ އެންމެންނަށް ޒަމްޒަމް ފެން ލިބޭނެ އިންތިޒާމު ހަމަޖައްސަވާ ދެއްވާނެ ކަމަށެވެ.
ނަމަވެސް ކޯވިޑް-19 ޖެހިފައިވާ ފަރާތްތަކަށް ޒަމްޒަމް ފެން ފޮނުވާނީ ކިހިނެއްކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެކަން ހަމަޖެއްސުމަށްފަހު ކުރިއަށް އޮތް ދުވަސްތަކުގައި އެމީހުންނަށް ޒަމްޒަމް ފެން ފޮނުއްވާނެގޮތް އަންގާ އިއުލާނު ކުރައްވާނެ ކަމަށް ވެސް ޝެއިޚް ސުދެއިސް ވިދާޅުވެފައިވެއެވެ.

ޒަމްޒަމް ފެނަކީ ހުރިހާ ބައްޔަކަށް ވެސް އޮތް ޝިފާއެއް ކަމުގައި ޤަބޫލުފުޅު ކުރައްވާކަމަށް އިމާސް އަލް ސުދެއިސް ވިދާޅުވެފައިވެއެވެ.
ޒަމްޒަމް ފެނަކީ ހުރިހާ ބަލިތަކަށް ވެސް ޝިފާއެއް ކަމަށް ކީރިތި ރަސޫލާގެ ހަދީޘްފުޅުގައި އައިސްފައިވާއިރު ސައިންސްގެ ހޯދުންތައް ވެސް މިކަމަށް ހެކިދެއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 ގެ ވަބާގައި ދެ މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ ޖެހިފައެވެ. އޭގެތެރެއިން ބައެއް މީހުން ވަލުލާފައިވަނީ ޖަނާޒާއެއް ވެސް ނުބޭއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!