ޚަބަރު

މޯލްޑިވިއަން އިން ކުރާ އެތެރޭގެ އުދުހުންތައް މެދު ކަނޑާލައިފި

ދެން އެމްވީ ، ދެން އޮންލައިން

މާލެ ލޮކްޑައުން ކުރުމާ ގުޅިގެން މޯލްޑިވިއަން އިން ކުރާ އެތެރޭގެ އުދުހުންތައް މެދު ކަނޑާލައިފިއެވެ.

Ads by STELCO

މޯލްޑިވިއަން އިން ބުނީ ކޮވިޑް-19އާ ގުޅިގެން މާލެސިޓީ ލޮކްޑައުންގެ ޙާލަތަށް ގެނެސްފައިވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ވަކި ގޮތަކަށް އަންގަންދެން އެތެރޭގެ އުދުހުންތައް މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށެވެ.

މޯލްޑިވިއަންގެ އިތުރުން މަންތާ އެއާއިން ވެސް ވަނީ މާލޭ ލޮކްޑައުން ކުރުމާ ގުޅިގެން އެ އެއާލައިން ކުރާ އެތެރޭގެ ދަތުރުތައް މެދު ކަނޑާލަން ނިންމާފައެވެ.

މާލެ ސަރަހައްދު 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައިވަނީ މާލެއިން ކޮވިޑް-19 އަށް މީހަކު ފައްސިވުމާ ގުޅިގެންނެވެ. އެމީހާ ބައްޔަށް ފައްސި ވެފައިވާކަން އެނގިފައިވަނީ މާލެ ފުލޫ ކްލިނިކަށް ދެއްކުމުން ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.

ރާއްޖެއިން ޖުމްލަ 21 މީހަކު ކޮވިޑަށް ފައްސި ވެފައިވެއެވެ. މީގެތެރެއިން 16 މީހަކު މިހާރު ވަނީ މިހާރު ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހަކު ބައްޔަށް ފައްސިވިކަން އެނގުނީ ރާއްޖެ އިން ފުރިފަހުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!