ވިޔަފާރި

މާރިޗު މަހު މާލޭގައި ޒަރޫރީ މުދަލުގެ އަގު %0.18 މަތި

ފާތިމަތު އަފްނާން ، ދެން އޮންލައިން
މާލޭގެ ބާޒާރުމަތިން / ފޮޓޯ:ދެން އިމޭޖްސް

ފެބުރުވަރީ މަހާ އަޅާބަލާއިރު މާރިޗު މަހު މާލޭގެ ޒަރޫރީ މުދަލުގެ އަގުތައް  %0.18 މައްޗަށް ގޮސްފައިވާ ކަމަށް އެސެންޝިއަލް ކޮމޯޑޮޓީސް އިންޑެސް އިން ދައްކައިިފި އެވެ.

Ads by Allied

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މަހަކު އެއްފަހަރު ނެރޭ،  އެސެންޝިއަލް ކޮމޯޑޮޓީސް އިންޑެސް ދައްކާ ގޮތުން ފެބުރުވަރީ މަހާ އަޅާބަލާއިރު މާރިޗު މަހު މާލޭގެ ޒަރޫރީ މުދަލުގެ އަގުތައް ވަނީ %0.18 އިތުރުވެފައެވެ. އަދި 2025 ވަނަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު އަގުތައް ވަނީ %1.33 މައްޗަށް ގޮސްފައެވެ.

ނަމަވެސް ވަކިވަކި ބައެއް ތަކެތީގެ އަގުތައް ވަނީ ދަަށްވެދަ އެވެ. މިދިޔަ ފެބުރުވަރީ މަހާ އަޅާބަލާއިރު ކާބޯތަކެތީގެ އަގުތައް ވަނީ %0.89 ދަށަށް ގޮސްފަ އެވެ. މީގެ ތެރޭގައި އެންމެ ބޮޑަށް އަގު ދަށަށް ދިޔައީ މޭވާ (%14.71) އަދި ތަރުކާރީގެ (%0.71) ބައިންނެވެ. ނަމަވެސް، މަހުގެ އަގު %8.33 ވަނީ އުފުލިފަ އެވެ

އެސެންޝިއަލް ކޮމޯޑޮޓީސް އިންޑެސް ދައްކާ ގޮތުން ބުއިންތަކުގެ އަގު ވަނީ %1.17 މައްޗަށް އުފުލިފަ އެވެ. މީގެ ތެރޭގައި ކޮފީގެ އަގު %6.68 މައްޗަށް ދިއުން ފާހަގަކުރެެ އެވެ. އަދި މިދިޔަ މަހާ އަޅާބަލާއިރު ގޭހާއި އެހެނިހެން ތެލުގެ އަގު ވަނީ %12.48 އުފުލިފަ އެވެ.

އަސާސީ މުދަލުގެ އަގު ބަލަނީ މިއީ ކާބޯތަކެއްޗާއި، ބުއިންތަކާއި، ތެލާއި، އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެތި ހިމެނޭހެން 96 ބާވަތެއްގެ މައްޗަށް ބަލައިގެންންނެވެ. މި ހިސާބުތަކަކީ އަގު ކޮންޓްރޯލް ކުރުމަށާއި އިންފްލޭޝަން ހުންނަ މިންވަރު ދެނެގަތުމަށް ބޭނުންކުރާ މުހިންމު މިންގަނޑެކެވެ.

Ads by Allied Insurance