ޚަބަރު

އެޗްޕީއޭގެ ޑިރެކްޓާ ޖެެނެރަލްގެ މަގާމަށް ނިޝާން އައްޔަނުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެޗްޕީއޭގެ އާ ޑިރެކްޓާ ޖެނެރަލް ނިޝާން--

ހުސްވެފައިވާ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)ގެ ޑިރެކްޓާ ޖެެނެރަލްގެ މަގާމަށް އިބްރާހިމް ނިޝާން އަހުމަދު އައްޔަނުކޮށްފި އެވެ.

Ads by Allied

އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ހުސްވީ، އެމަގާމުގައި ވޭތުވެދިޔަ 10 އަހަރެއްހާ ދުވަހު ހުންނެވި މައިމޫނާ އަބޫބަކުރު މިދިޔަ ޖެނުއަރީ މަހު ރިޓަޔާ ކުރެއްވުމުންނެވެ.

އެހެންވެ މިދިޔަ ފެބްރުއަރީ މަހު އެ މަގާމަށް ކުރިމަތިލާން އޮތީ ހުޅުވާލައިފަ އެވެ.

އެޗްޕީއޭގެ އޮފިޝަލަކު "ދެން"އަށް ކަށަވަރުކޮށްދިން ގޮތުގައި ނިޝާން މިހާރު ވަނީ އެ މަގާމަށް އައްޔަނުކޮށްފަ އެވެ.

ނިޝާންއަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު ޖުމްލަ 40،000ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ލިބިވަޑައިގަންނަވާނެ އެވެ.

ނިޝާންއަކީ ސިއްހީ ދާއިރާގައި ގިނަ ދުވަސްތަކަކު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ކޮވިޑްގެ އާލަމީ ވަބާގެ ދުވަސްވަރު އެޅި ފިޔަވަޅުތައް ތަންފީޒުކުރުމުގައި ވެސް މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ.

Ads by Allied Insurance