ޚަބަރު

ނުރަސްމީ ދަތުރުފުޅަށްފަހު ރައީސް ސޯލިހު ރާއްޖެ ވަޑައިގެންފި

ދެން އެމްވީ ، ދެން އޮންލައިން

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގެންފި އެވެ.

ރައީސް ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގަތީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އެވެ. ލަންކާގައި ރައީސް ސޯލިހު ވަނީ އާއިލާއާއެކު އެމަނިކުފާނުގެ އުފަންދުވަސްވެސް ފާހަގަ ކުރައްވާފަ އެވެ.

އާ އަހަރުގެ ބަންދާ ދިމާކޮށް ރައީސް ލަންކާއަށް ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އާއިލީ ބައެއް ބޭފުޅުން އެ ގައުމުގައި ދިރިއުޅުއްވަ އެވެ. އެ ގޮތުން މި އަހަރުގެ ޖެނުއަރީ މަހު ވެސް ރައީސް ވަނީ އަމިއްލަފުޅު ކަމެއްގައި ލަންކާއަށް ދަތުރުފުޅެއް ކުރައްވައިފަ އެވެ. އެ ފަަހަރު ރައީސް ވަޑައިގެންނެވީ އާއިލީ ބޭފުޅެއްގެ ކައިވެނީގެ ހަފްލާގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!