Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދެވަނަ އަށް ފައްސިވީ ފުރަތަމަ ބަލި ޖެހުނު މީހާގެ ދެ އަހަރުގެ ދަރިފުޅު!

މިރޭ މާލެއިން ކޮވިޑް-19 އަށް ފައްސިވީ މިއަދު ހެނދުނު އެންމެ ފުރަތަމަ ފައްސިވި މީހާގެ ދެ އަހަރުގެ ދަރިފުޅު ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މާލެތެރޭން މިއަދު އަލަށް ކޮވިޑަށް ފައްސިވި އަންހެން މީހާއަކީ މި ފަހުގެ ތާރީހެއްގައި ރާއްޖޭން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އޭނާއަށް ކޮވިޑް ޖެހުނީ ކިހިނެއްކަން ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ.

މިރޭ މާލެއިން ދެވަނަ މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އެއީ ފުރަތަމަ ފައްސިވި މީހާގެ ދެ އަހަރުގެ ދަރިފުޅުކަން "ދެން" އަށް ވަރަށް އިތުބާރު ހުރި ގޮތަކަށް ވަނީ އެނގިފައެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން އެ އާއިލާގެ އެހެން މީހުން ވެސް މިހާރު ވަނީ ޓެސްޓު ކޮށްފައެވެ. އެނގިފައިވާ ގޮތުގައި އާއިލާ އެންމެ ވަނީ ނައްސި ވެފައެވެ.

މާލެ ތެރޭން ކޮވިޑް ފެނުމުން މި ބަލީ މުޖުތަމައު ތެރެޔަށް ފެތުރިފައިވާ ކަމަށް ނުވަތަ ކޮމިޔުނިޓީ ސްޕްރެޑަކަށް ވެފައިވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި މާލޭގެ އެލާޓް ލެވެލް ވެސް ވަނީ ރަތަށް ބަދަލުކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް