ޚަބަރު

ކުރިމަތިފަރާތުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި ދިވެހި އަންހެނަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު

ކުރިމަތިފަރާތުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.

Ads by Allied

ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ މއ. މޯނިންވިޔު އާމިނަތު ޝަފަގު(32އ.)އެވެ.

ބަންދު އަމުރުގައިވާ ގޮތުން އޭނާ ކުރިމަތި ފަރާތުގައި ފޮރުވައިގެން ހައްޔަރުކުރީ ކޮކެއިންއެވެ. އޭގެ އިތުރުން އޭނާގެ ޖިންސާއި ހަށިގަނޑާ ދެމެދުވެސް މަސްތުވާތަކެތި ފޮރުވައިފައި ހުރި ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.

އޭނާ އެތެރެކުރި ކޮކެއިންގައި 31 ގްރާމް ހުއްޓެވެ. މިއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ގާނޫނީ ގޮތުން ބެލެވިދާނެ އަދަދެކެވެ. އެހެންވެ އޭނާއަށް ބޮޑު ހުކުމެއް އައުމުގެ ފުރުސަތު ބޮޑެވެ.

އެ މައްސަލައިގައި އޭނާ 30 ދުވަހަށް ބަންދުކުރަން ވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރުނެރެފައެވެ.

Ads by Allied Insurance