ޚަބަރު

މާލެއިން 3 ވަނަ މީހަކު ކޮވިޑް19 އަށް ފައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މާލެއިން 3 ވަނަ މީހަކު ކޮވިޑް19 އަށް ފައްސި ވެއްޖެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ފައްސިވެފައިވަނީ މިއަދު މާލެއިން މިބަލި ޖެހުނު މީހާއާ ޑައިރެކްޓް ކޮންޓެކްޓްވެފައިވާ މީހެއް ކަމަށެވެ. މި މީހާ މިހާރު ހުރީ އައިސޮލޭޝަން ފެސިލިޓީއެއްގައެވެ.

މިއީ ބައްޔަށް ޕޮސިޓިވްވި 8 ވަނަ ދިވެހި މީހާއެވެ.

މިހާތަނަށް މާލެއިން 3 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާއިރު މީގެ ކުރިން ބައްޔަށް ޕޮޒިޓިވްވެފައިވަނީ ކޮވިޑް ޖެހުނު އަންހެން މީހާގެ 2 އަހަރުގެ ދަރިފުޅެވެ.

މާލޭއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި 11 މީހެއްގެ ސާންޕަލް ޓެސްޓް ކުރެވިފައިވާ ކަމަށާއި އޭގެ ތެެރެއިން 10 މީހަކު މިބައްޔަށް ވަނީ ނައްސިވެފައެވެ. ބައްޔަށް ނައްސިވި މީހުންގެ ތެރޭގައި ބަލި ޖެނުނު މީހާގެ ފިރިމީހާ ހިމެނެއެވެ.

މާލެތެރޭން މިއަދު އަލަށް ކޮވިޑަށް ފައްސިވި އަންހެން މީހާއަކީ މި ފަހުގެ ތާރީހެއްގައި ރާއްޖޭން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އޭނާއަށް ކޮވިޑް ޖެހުނީ ކިހިނެއްކަން ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ.

މާލެ ތެރޭން ކޮވިޑް ފެނުމުން މި ބަލީ މުޖުތަމައު ތެރެޔަށް ފެތުރިފައިވާ ކަމަށް ނުވަތަ ކޮމިޔުނިޓީ ސްޕްރެޑަކަށް ވެފައިވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. މާލެއިން ފުރަތަމަ މީހާ ފައްސިވުމާ ގުޅިގެން މާލެ މިހާރު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ.

އަދި މާލެ ސަރަހައްދަށް މިހާރު ވަނީ ރެޑް އެލާޓް ވެސް ނެރެފައެވެ. ރެޑް އެލާޓަށް މާލެ ގެނެސްފައިވަނީ ޓްރެވެލް ހިސްޓްރީއެއް ނެތި މީހުންގެ މެދުގައި ބަލި ފެތުރުމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!