ޚަބަރު

މާލެއިން ކޮވިޑް19 އަށް ފައްސި (ޕޮޒިޓިވް) ވީ އެއް ޢާއިލާއެއްގެ ތިން މީހުން

ދެން އެމްވީ ، ދެން އޮންލައިން

މާލެއިން މިހާތަނަށް ކޮވިޑް 19 ތިން މީހަކަށް ޖެހިފައިވާއިރު، މި ތިން މީހުންނަކީވެސް އެއް ޢާއިލާއެއްގެ ތިން މީހުންކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

Ads by MWSC

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް19 އަށް ދެންމެ ފައްސި ވެފައިވަނީ، މިއަދު މާލޭގައި ކޮވިޑް19 ޖެހުނު މީހާގެ ފަހަރިއެވެ. އަދި މީގެ ކުރިން މިބަލި ޖެހިފައިވަނީ އެ އަންހެން މީހާގެ 2 އަހަރުގެ ދަރިފުޅަށެވެ.

ާރާއްޖެއިން ވައިރަސް ޖެހުނު މީހުން ގެ އަދަދު މިހާރުވަނީ 22 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި 14 ފަތުރުވެރިންނެވެ. މީގެ ތެރެއިން 14 މީހަކުވަނީ ބަލިން ރަނގަޅުވެފައެވެ. މީގެ ކުރިން މާލެ ފިޔަވައި މި ބަލި ފެނިފައި ވަނީ ރިސޯޓު ތަކުންނެވެ. މާލޭގެ ތިން ކޭސްވެސް ފެންމަތި ވެފައި މިވަނީ 24 ގަޑިއިރު ތެރޭގައެވެ.

މާލޭއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި 11 މީހެއްގެ ސާންޕަލް ޓެސްޓް ކުރެވިފައިވާއިރު އޭގެ ތެެރެއިން 10 މީހަކު މިބައްޔަށް ވަނީ ނައްސިވެފައެވެ. ބައްޔަށް ނައްސިވި މީހުންގެ ތެރޭގައި ބަލި ޖެނުނު މީހާގެ ފިރިމީހާ ހިމެނެއެވެ. އަދި 14 މީހަކު ވަނީ ބައްޔަށް ޝައްކު ކުރެވިގެން އެކަހެރިކޮށްފައެވެ.

މާލެތެރޭން މިއަދު އަލަށް ކޮވިޑަށް ފައްސިވި އަންހެން މީހާއަކީ މި ފަހުގެ ތާރީހެއްގައި ރާއްޖޭން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އޭނާއަށް ކޮވިޑް ޖެހުނީ ކިހިނެއްކަން ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ.

މާލެ ތެރޭން ކޮވިޑް ފެނުމުން މި ބަލީ މުޖުތަމައު ތެރެޔަށް ފެތުރިފައިވާ ކަމަށް ނުވަތަ ކޮމިޔުނިޓީ ސްޕްރެޑަކަށް ވެފައިވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. މާލެއިން ފުރަތަމަ މީހާ ފައްސިވުމާ ގުޅިގެން މާލެ މިހާރު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ.

އަދި މާލެ ސަރަހައްދަށް މިހާރު ވަނީ ރެޑް އެލާޓް ވެސް ނެރެފައެވެ. ރެޑް އެލާޓަށް މާލެ ގެނެސްފައިވަނީ ޓްރެވެލް ހިސްޓްރީއެއް ނެތި މީހުންގެ މެދުގައި ބަލި ފެތުރުމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!