ޚަބަރު

ކޯވިޑް19: މަގުމަތިވެފައި ތިބި މީހުންނަށް ކާނާ ފޯރުކޮށްދީ މާފަންނު ފުލުހުން ދެއްކީ ނަމޫނާއެއް!

ދެން އެމްވީ ، ދެން އޮންލައިން

އިއްޔެ 15:30 ފެށިގެން 24 ގަޑިއިރަށް މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން، ވަންނާނެ ހިޔާވަހިކަމެއް ނެތިފައި މާލޭގެ އެކި ތަންތަނުގައި ތިބި އާއްމުންނަށް މާފަންނު ޕޮލިސް ސްޓޭޝަންގެ ފުލުހުން ކާނާ ދީފިއެވެ.

Ads by MWSC

ފުލުހުން ރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މާލޭގެ އެކި ސަރަހައްދުތަކުގައި ވަންނާނެ އެއްވެސް ބޯހިޔާވަހިކަމެއް ނެތިފައި ތިބި ބައެއް މީހުންނަށް ކާނާ ފޯރުކޮށްދީފައިވާ ކަމަށާއި އަދި މާލެތެރެ ބެލި ބެލުމުން ވަންނާނެ ހިޔާވަހިކަމެއް ނެތިފައި ތިބި 24 މީހުން ، ސަރުކާރުން ހަމަޖައްސައިދިން ވަގުތީ ބޯހިޔާވަހިކަމަށް ލައިދީފައިވާ ކަމަށެވެ.

ދިވެހި ފުލުހުންގެ މި ޢަމަލަށް ގިނަބައެއްގެ ތަޢުރީފާއި ޝުކުރު ވަނީ ލިބިފައެވެ. އެފަދަ ފަރާތްތަކުން ފާހަގަ ކުރިގޮތުގައި މިގައުމަށް ދިމާވާ ކޮންމެ ކާރިސާއެއްގައި ވެސް ރައްޔިތުންގެ ހިދުމަތުގައި ސާބިތުވެ ތިއްބަވާ ފުލުހުން، މާލެ މަގުމަތީގައި ބޯހިޔާވަހިކަމެއް ނެތި ހާލުގައި ޖެހިފައި ތިބި މީހުންނަށް އަޅާލުމަކީ ވަރަށް ރީތި މިސާލެއްކަން ބަޔާންކޮށްފައި ވެއެވެ.

މިހާރު ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުން އަންނަ ކޯވިޑް 19 ވައިރަހަށް ވެރިރަށް މާލެ ސިޓީއިން ފެނުމާއި ގުޅިގެން، މެންދުރު ފަހު 15:30 އިން ފެށިގެން ވަނީ ގްރޭޓަރ މާލެ ސަރަހައްދު 24 ގަޑިއިރަށް ލޮކްޑައުން ކޮށް، މާލެ ސަރަހައްދުގައި ބަނދަރުކޮށްފައި ހުރި އެެއްވެސް ކަނޑު އުޅަނދެއް ފުރުން ވެސް މަނާ ކޮށްފައެވެ.

މާލެއިން ކޯވިޑް 19 އަށް ޕޮޒިޓިވްވެފައިވާ މީހެއް ފެނިފައިވާއިރު، ރޭގެ ވަގުތެއްގައި ވަނީ އެ މީހާ އާއި ޑައިރެކްޓް ކޮންޓެކްޓް ވި ދެމީހަކު ވެސް އެ ބައްޔަށް ޕޮޒިޓިވްވެފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!