ސިޔާސީ

ރާއްޖޭގެ ވެރިކަން ކޮށްފައި ހުރީތީ ޤާނޫނުގެ ދިގު އަތް ނުފޯރާ ހުންނާނެ: މުޙައްމަދު އިސްމާޢީލް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ވެރިކަން ކޮށްފައި ހުރީތީ ޤާނޫނުގެ ދިގު އަތް ނުފޯރާ ހުންނާނެކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

Ads by Allied

މީސްމީޑިއާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤާނޫނުގެ ދިގު އަތް ހުރިހާ އެންމެންގެ މައްޗަށް ފޯރާނެކަން ރައްޔިތުންނަށް ސައްކެއްނެތް މިންވަރަށް ޔަގީންވާންޖެހޭ ކަމަށެވެ. އަދި ޤާނޫނުގެ ކުރިމަތީ ބޮޑެއް ކުޑައެއް ފައިސާވެރިއެއް ނޫސްވެރިއެއް މަސްވެރިއެއް އޮޑިވެރިއެެއް ދަނޑުވެރިއެއް ތަފާތުވެގެން ނުވާނެ ހުރިހާ ފަރާތަކުން ވެސް ޤާނޫނައް ކިޔަމަންވެ ބޯލަބަންޖެހޭ ކަމަށެވެ.

މީގެ އިތުރުން، ސިޓިންރޫމުގައި ތިބެގެންނާއި ޖަގަހަތަކު ތެރޭގައާއި މަގުތައްމަތީ ބުހުތާންދޮގު ވާހަކަތައް ދައްކަމުންދާ ދިއުން ހުއްޓެންވެއްޖެ ކަމަށް ވެސް މެންބަރު މުޙައްމަދު ވިދާޅުވިއެވެ.

Ads by Allied Insurance