ޚަބަރު

މިއަދުން ފެށިގެން ކުނި އުކައި ދިނުމުގެ ހިދުމަތް ފަށާނަން: ވެމްކޯ

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުން އަންނަ ކޯވިޑް 19އަށް މާލެއިން މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ވަގުތީ ގޮތުން ވެމްކޯއިން މަޑުޖައްސާލި ކުނި އުކައި ދިނުމުގެ ހިދުމަތް މިއަދުން ފެށިގެން އަލުން ފަށާނެ ކަމަށް ވެމްކޯއިން ބުނެފިއެވެ.

Ads by Sosun Fihaara

ޕީއެސްއެމް އަށް ދިން އިންޓަވިއުއެއްގައި ވެމްކޯގެ ޖެނަރަލް މެނޭޖަރ އިން އޮޕަރޭޝަން އަހްމަދު ޝާފިއު ވިދާޅުވީ، އިއްޔެ ވަގުތީ ގޮތުން މަޑުޖައްސާލި ވެމްކޯގެ ކުނި އުކައިދިނުމުގެ ހިދުމަތްތަކާއި އިތުރު ހިދުމަތްތައް މިއަދު އަނެއްކާ އަލުން ފަށާނެ ކަމަށާއި އެންމެ ގޯސް ހާލަތެއްގައި ވެސް ކުނި އުކައިދިނުމުގެ ހިދުމަތް ކުރިއަށް ގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ހާލެއްގައި ހިދުމަތް ހުއްޓާލީ ދާއިމަކަށް ނޫން. މިވަގުތު 24 ގަޑިއިރަށް މި ގެނައި ލޮކްޑައުންގައި ކުރަން ޖެހުނު މަސައްކަތާ ގުޅިގެން އެ މަސައްކަތް ފަސޭހަ ކަމާ އެކު ލުއި ގޮތަކަށް ކޮށް ނިންމާލުމަށް ހަމަ ތަން ދިނުމުގެ ގޮތުން މި ސާވިސް މިއަދު މި މެދުކަނޑާލީ،" އިއްޔެގެ ހާލަތާއި ގުޅޭ ގޮތުން ޝާފިއު ވިދާޅުވިއެވެ.

ކުނި އެންމެ ރައްކާތެރި ގޮތުގައި މެނޭޖް ނުކޮށްފި ނަމަ މުޖުތަމައުގެ ހާލަތު ގޯހުން ގޯހަށް ދާނެ ކަމަށާއި ކުނި މެނޭޖް ކުރުމަކީ ކޮވިޑް-19އާ ގުޅިގެން ވަރަށް ހާއްސަކަމެއް ދެވިފައިވާ ކަމެއް ކަން ވެސް ޝާފިއު ފާހަގަކުރެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!