ޚަބަރު

ޖެނުއަރީ މަހުން ފެށިގެން ގޭގައި މަޑުކޮށްލީ މިބަލީގެ ބިރުވެރިކަން އިޙްސާސް ކުރެވޭތީ: ޕްރޮފެސަރ އުގައިލް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ފެތުރެން ފެށި ހިސާބުން ގޭގައި މަޑު ކުރަން ޕްރަފެސަރ އުގައިލް ދެއްވަމުން އައި އިރުޝާދު އަނެއްކާވެސް ތަކުރާރު ކުރައްވައިފިއެވެ.

Ads by STELCO

މިވަރަހަށް ޓްރެވަލް ހިސްޓްރީއެއް ނެތް މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި އުގައިލް ވިދާޅުވީ، ޖެނުއަރީ މަހުގެ މެދެއްހާ ހިސާބުން ފެށިގެން އުގައިލް ހުންނަވަނީ ގޭގައި ކަމަށާއި މިގޮތަށް ކަންތައް ކުރީ، މިބަލީގެ ބިރުވެރިކަން އެނގޭތީ ކަމަށެވެ. މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން އުގައިލްވަނީ ދިވެހިންގެ ކިބައިން ގޭގައި މަޑުކޮށްދިނުމަށް އެދި އާދޭސްކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު އެންމެ ބޮޑަށް ގޯސް ވެއްޖެނަމަ 10،000 މީހުން މަރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޕްރޮފެސަރ އުގެއިލް މީގެ ކުރިން ވިދާޅުވުމާއި ގުޅިގެން، ގިނަ ދިވެހިންވަނީ އުގައިލްއަށް ފާޑު ކިޔުންތަކެއް އަމާޒުކޮށްފައެވެ. އޭރު އުގައިލް ވިދާޅުވެފައިވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރަން އެއްވެސް ކަމެއް ނުުކުރާނަމަ، އާބާދީގެ 65 އިންސައްތައަށް އެ ވައިރަސް ފެތުރި އޭގެތެރެއިން ތިން އިންސައްތަ މީހުން މަރުވާނެ ކަމަށް ލަފާ ކުރެވޭކަމަށެވެ. މިއާއެކު ގިނަ ބަޔެއްގެ ބަހުގެ ހަމަލާތައް އުގައިލަށްވަނީ އަމާޒުވެފައެވެ. ނަމަވެސް އިއްޔެ ނޫން ކުރީ ދުވަހު ރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކުރި ދިރާސާއާ އުގައިލް ކުރެއްވި ދިރާސާގައި ލިޔުއްވި އަދަދުތަކާ ދިމާވެއެވެ.

އުގެއިލް އޭރު ވިދާޅުވީ މަރުވާ މީހުންގެ އަދަދު މަދު ކުރުމުގެ ގޮތުން، އެފަދަ ހާލަތުގައި ތިބި މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ރަނގަޅު ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސިފައި ހުރުމަކީ މުހިންމު ކަމެއްކަމަށެވެ.

މާލެ ތެރޭން ކޮވިޑް ފެނުމުން މި ބަލީ މުޖުތަމައު ތެރެޔަށް ފެތުރިފައިވާ ކަމަށް ނުވަތަ ކޮމިޔުނިޓީ ސްޕްރެޑަކަށް ވެފައިވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. މާލެއިން ފުރަތަމަ މީހާ ފައްސިވުމާ ގުޅިގެން މާލެ މިހާރު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ.

އަދި މާލެ ސަރަހައްދަށް މިހާރު ވަނީ ރެޑް އެލާޓް ވެސް ނެރެފައެވެ. ރެޑް އެލާޓަށް މާލެ ގެނެސްފައިވަނީ ޓްރެވެލް ހިސްޓްރީއެއް ނެތި މީހުންގެ މެދުގައި ބަލި ފެތުރުމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!