ޚަބަރު

ފަނަރަ ރަށެއްގައި ލެބޯޓްރީ ގާއިމްކޮށްދޭނެ ބަޔަކު ހޯދަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ހެލްތް މިނިސްޓްރީ ހިންގަމުންދާ ރޯޝަނީ ބިލްޑިން

15 ރަށެއްގައި ލެބޯޓްރީ އިމާރާތުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް ހެލްތު މިނިސްޓްރީ އިން އިއުލާނުކޮށްފިއެވެ.

Ads by Allied

ގާއިމްކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފައިވާ ރަށްތަކަކީ:

  1. ރ. ފައިނު
  2. ނ. ކުޑަފަރި
  3. ނ. ފޮއްދޫ
  4. ބ.ކުޑަރިކިލު
  5. ބ. ދޮންފަނު
  6. މ.ރަތްމަންދޫ
  7. ލ.މުންޑޫ
  8. ލ.ކުނަހަންދޫ
  9. ށ.ގޮއިދޫ
  10. ހއ. މުރައިދޫ
  11. ހދ. ކުމުންދޫ
  12. ހދ. ނައިވާދޫ
  13. ތ. އޮމަދޫ
  14. ތ. ގާދިއްފުށި
  15. އދ. އޮމަދޫ

އެ އިއުލާނުތަކުގައިވާ ގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޖޫން 8 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރަން ޖެހޭނެއެވެ.

ފައިނު، ކުޑަފަރި، ފޮއްދޫ، ކުޑަރިކިލު، ދޮންފަނު، ގޮއިދޫ، މުރައިދޫ، ކުމުންދޫ، ނައިވާދޫ ލެބޯޓްރީ ގާއިމްކުރުމާ ގުޅޭ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 ޖޫން ވާ ހޯމަ ދުވަހުގެ މެންދުރު 11:00 ގައި ހެލްތު މިނިސްޓްރީގައެވެ. އަދި ރަތްމަންދޫ، މުންޑޫ، ކުނަހަންދޫ، އޮމަދޫ، ގާދިއްފުށި، ދިއްދޫ ލެބޯޓްރީ އާ ގުޅޭ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 11:00 ގައި ހެލްތު މިނިސްޓްރީގައެވެ.

8 ޖޫން ގެ ކުރިން ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށް ވެސް އެ މިނިސްޓްރި އިން ބުނެފައިވެއެވެ.

މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ 10 ޖޫން 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން [email protected] އަށް މެއިލްކުުރުމުން ލިބޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ލެބޯޓްރީ ހިދުމަތް ނެތް ރަށްރަށުގައި އެ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. މި މަސައްކަތުގެ ދަށުން އަތޮޅުތަކުގެ ރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން މިއަހަރުގެ މިހާތަނަށް 18 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކޮށްފައިވެއެވެ.

Ads by Allied Insurance