ޚަބަރު

ނޮވެމްބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.13 ޕަސެންޓް ދަށަށް

ދެން އެމްވީ ، ދެން އޮންލައިން

މިދިއަ ނޮވެމްބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.13 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ބުނެފި އެވެ.

Ads by STELCO

އެންބީއެސް އިން އާއްމުކުރި މުދަލާއި ހިދުމަތުގެ އަގުތަކަށް އަންނަ ބަދަލު އަންގައިދޭ މިންގަނޑު، އިންފްލޭޝަން ރިޕޯޓުގައިވާ ގޮތުން ނޮވެމްބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 0.13 ޕަސެންޓް ދަށްވެފަ އެވެ. ނަމަވެސް އޮކްޓޫބަރު މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 0.28 ޕަސެންޓް މަތީގަ އެވެ. އަދި މަހުގެ އަގަށް އައި ބަދަލުތައް ނުލައި ބަލާނަމަ ނޮވެމްބަރު މަހުގެ އިންލޭޝަން ރޭޓް ވަނީ 0.19 ޕަސެންޓް ދަށްވެފަ އެވެ.

ނޮވެމްބަރުގައި އަގު ދަށްވި ބައިތައް

  • ތަރުކާރީގެ ބައިން: 5.63 ޕަސެންޓް
  • ކުލީގެ ބައިން: 0.73
  • ފަރުނީޗަރުގެ ބައިން: 6.32
  • ކަނޑު ދަތުރުތަކުގެ ބައިން: 3.85

އަގު މައްޗަށް ދިޔަ ބައިތައް:

  • ފޯނު ކޯލުގެ ހިދުމަތްތަކުގެ ބައިން: 2.28 ޕަސެންޓް
  • މަހުގެ ބައިން: 1.23
  • ރެސްޓޯރެންޓާއި ހޮޓާތަކުގެ ބައިން: 0.35
  • ކިރާއި، ޗީޒް އަދި ބިހުގެ ބާވަތްތަކުގެ ބައިން: 0.41
  • އެއްގަމު މަހުގެ ބައިން: 1.42
  • މޭވާގެ ބައިން: 0.66
  • ބޭހުގެ ބާވަތްތަ ކުގެ ބައި: 0.44

ސަރުކާރުން މި އަހަރަށް ފާސް ކޮށްފައިވާ ބަޖެޓުގައި މި އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް ދަށްވާނެ ކަމަށް ބުނެފައިވެ އެވެ. ބަޖެޓު ފޮތުގައިވާ ގޮތުން އިންފްލޭޝަން ދަށަށް ގޮސް އެއް ޕަސެންޓްގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!