ޚަބަރު

އަލިފާން ހިފާފައި ވަނީ ގޮދަޑިއެއްގައި، 4 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދިން: ދިފާއީ ބާރު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ގައުމީ ދިފާއީ ބާރު

މ. ކާނިމާގެ، 4ވަނަ ފަންގިފިލާގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

Ads by Allied

ޤައުމީ ދިފާއީ ބާރުން ބުނީ، މި ހާދިސާގެ ރިޕޯޓް މިއަދު 16:50 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ރޯވި އަލިފާން 17:27 ހާއިރު ނިއްވާލެވިފައިވާ ކަމަށް ވެސް ދިފާއީ ބާރުން މައުލޫމާތުދެއެވެ.

މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ އެ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އޮތް ގޮދަނޑިއެއްގައި ކަމަށާއި މި ހާދިސާއާ ގުޅިގެން 4 މީހަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް ވެސް ދިފާއީ ބާރުން ބުނެއެވެ.

Ads by Allied Insurance