ޚަބަރު

އެމެރިކާގެ ފުލްބްރައިޓް ސްކޮލަޝިޕްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލްބްރައިޓް ސްލަޝިޕް ޕްރޮގްރާމްއާ ގުޅޭގޮތުން ރާއްޖޭގެ ނެޝެނަލް ސްކިލްސް ޑިވޮލޮޕްމަންޓް އޮތޯރިޓީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން--

އެމެރިކާ ސަރުކާރުގެ ފުލްބްރައިޓް ފޮރިން ސްޓޫޑަންޓް ޕްރޮގްރާމްގެ ދަށުން ދޭ ސްކޮލަޝިޕްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Allied

އެމެރިކާގެ އެމްބަސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް ދޭން ނިންމާފައިވަނީ މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ކަމަށެވެ. އެއީ އެމެރިކާގެ ޔުނިވާސިޓީއެއްގައި ކިޔަވާ ގޮތަށެވެ.

އެމްބަސީން ބުނީ ސްކޮލަޝިޕްއަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ 16ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

އެ ސްކޮލަޝިޕްއަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ބެޗެލާސް ޑިގްރީއެއް ފުރިހަމަކޮށްފައިވުމާއެކު ރާއްޖޭގައި ދިރިއުޅެމުންދާ ދިވެއްސަކަށް ވުން ހިމެނެއެވެ.

އެ ސްކޮލަޝިޕްގެ ދަށުން ޓިއުޝަންފީއާއި އެއް އަހަރު ދުވަހަށް ކޮންމެ މަހަކު އެކި ހަރަދުތަކަށް ދޭ އެލަވަންސްއަކާއި ހެލްތު އިންޝުއަރެންސް ލިބޭނެ އެވެ. އަދި އެމެރިކާއަށް ދިއުމާއި އައުމަށް ވެސް ދެކޮޅު ޓިކެޓް ލިބޭނެއެވެ.

ރާއްޖޭގެ ފުންނާބު އުސް ގިނަ ބޭފުޅުންތަކެއް ވަނީ ފުލްބްރައިޓް ސްކޮލަޝިޕް ހާސިލްކޮށް މަތީ ތައުލީމް ހާސިލުކުރައްވައިފައެވެ.

Ads by Allied Insurance