Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކާށިދޫގައި ޖަމާއަތުގައި ނަމާދުކުރުން މަނާ ކޮށްފި

މާލެއިން ކޮވިޑް-19 ޖެހުނު ފުރަތަމަ މީހާއާ ބައްދަލުވި މީހަކު ކ. ކާށިދޫއަށް ގޮސްފައިވާތީ އެ ރަށުގައި ޖަމާއަތުގައި ނަމާދުކުރުން މަނާ ކޮށްފިއެވެ.

ކާށިދޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާ މާދަމާ ހުކުރު ނަމާދު ކުރުން ނުކުރަން އަންގައި އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އެ ރަށު ކައުންސިލަށް އަންގައިފައެވެ. އިސްލާމިކް މިނިސްޓްރީގެ އެންގުމުގައިވާ ގޮތުން މިއަދު މެންދުރު ނަމާދުން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރެވޭނެއެވެ.

މީގެ އިތުރުން ކާށިދޫގެ ގެޔެއް ވެސް މިހާރު ވަނީ ކަރަންޓީން ކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement
Allied Insurance — Square (box)

އެޗްޕީއޭ އިން އިއްޔެ ބުނީ ބައްޔަށް ފައްސިވި ވި ދިވެއްސެއްގެ "ޑައިރެކްޓް ކޮންޓެކްޓް" އެއް ދާދިފަހުން ކާށިދޫއަށް ދަތުރުކޮށްފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ރަށް ވަނީ "މޮނިޓަރިންގ" ހާލަތަކަށް ގެނެވިފައި ކަމަށެވެ.

އެ ދަނޑިވަޅުގައި އެ ރަށުން އަރައިފޭބުމަކީ މަނާކަމެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް