ޚަބަރު

ކޮވިޑްގެ މައުލޫމާތު ލިބޭ ވަސީލަތްތަކުން ކުޑަ ކުދިން ދުރުހެލި ކުރޭ: އުގައިލް

ދެން އެމްވީ ، ދެން އޮންލައިން

ބޮޑެތި މީހުން ކޮވިޑް-19ގެ މައުލޫމާތު މައުލޫމާތު ލިބިގަންނަ ވަސީލަތްތަކުން ކުޑަ ކުދިން ވީހާވެސް ބޮޑަށް ދުރުހެލި ކުރުމަށް ފްރޮފެސަރ އުގައިލް އިލްތިމާސް ކުރައްވައިފިއެވެ.

Ads by MWSC

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އުގައިލް ވިދާޅުވީ ކޮވިޑާ ގުޅިގެން މުޅި ދުނިޔެ ނުތަނަވަސްކަމެއްގެ ތެރޭގައި އޮތް ހިނދު އޭގެ ނޭދެވޭ އަސަރު ނަފްސާނީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން އަޅުގަނޑުމެންގެ ތުއްތު ކުދިންނަށް ވެސް ފޯރުމުގެ ފުރުސަތު އެބަ އޮތް ކަމަސެވެ.

"އެހެންކަމުން، މިކަމާބެހޭ ވާހަކަތައް ތަކުރާރުކޮށް ދެއްކުމުގެ ބަދަލުގައި އިލްމީ އަދި ދީނީ ކަންތައްތަކަށް އެކުދިން އަހުލުވެރިކުރުމަށް އިތުރަށް ބާރު އެޅުން މިވަގުތު މުހިއްމު." އުގައިލް ވިދާޅުވިއެވެ.

އުގައިލް ވިދާޅުވީ މިކަމަކީ ވަގުތީ ކަމެއްކަމުގައި އެކުދިންނަށް ބުނެދީ މިކަމުގެ ހައްލު ހޯދުމަށް ބޮޑެތި މީހުން ބުރަ މަސައްކަތްތަކެއް ކުރާ ކަމަށް ނަންގަނެ އެކުދިންގެ ހިތްތަކަށް އުންމީދީ ވިސްނުން ގެނެސްދިނުމަށް ބާރު އެޅުން މިވަގުތު މުހިއްމު ކަމަށެވެ.

މާލެއިން ކޮވިޑް-19 އަށް ފައްސިވި މީހަކު ފެނުމާ ގުޅިގެން އުގައިލް އިއްޔެ ވިދާޅުވީ، ޖެނުއަރީ މަހުގެ މެދެއްހާ ހިސާބުން ފެށިގެން އުގައިލް ހުންނަވަނީ ގޭގައި ކަމަށާއި މިގޮތަށް ކަންތައް ކުރީ، މިބަލީގެ ބިރުވެރިކަން އެނގޭތީ ކަމަށެވެ. މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން އުގައިލްވަނީ ދިވެހިންގެ ކިބައިން ގޭގައި މަޑުކޮށްދިނުމަށް އެދި އާދޭސްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!