ޚަބަރު

ލާމު ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާ ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ ލިންކް ރޯޑްގައި ދަތުރު ކުރަމުން ދިޔަ ވޭނަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 9:20 ހާއިރު އެވެ. އެ އެކްސިޑެންޓް ހިނގަމް މެދުވެރިވީ، އެ ވޭން އަނބުރާލަން އުޅުމުގެ ތެރޭގައި ފަހަތުން އައި ސައިކަލެއްގައި ޖެހިގެން ކަމަށް މައުލޫމާތު ލިބެ އެވެ.

ފުލުހުން ބުނީ ވޭން ދުއްވަން އިނީ 53 އަހަރުގެ ފިރިހެނެއް ކަމަށާއި ސައިކަލު ދުއްވަން އިނީ 25 އަހަރުގެ ފިރިހެނެކެވެ. ސައިކަލު ފަހަތުގައި އަންހެނެއް ވެސް އިން ކަމަށް ފުލުހުން ބުނެއެވެ.

އެ އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ މީހުނަށް އެކި ވަރުގެ އަނިޔާ ލިބިގެން ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެ އެވެ.

މި ހާދިސާގައި ވޭނަށާއި ސައިކަލަށް ވެސް އެކި ވަރުގެ ގެއްލުން ލިބިފައިވެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!