ބޭންކުން ކަމަށް ބުނެ އޮޅުވައިލައިގެން ފައިސާ ހޯދަނީ، ސަމާލުވޭ! - ފުލުހުން
ބޭންކް އިން ކަމަށް ބުނެ އޮޅުވައިލައިގެން ފައިސާ ހޯދަމުން އަންނަ ކަމަށާއި މިކަމަށް ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
ދެންމެ ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ބޭންކް އޮފިޝަލުން ކަމަށްބުނެ އޮޅުވާލައިގެން މަޢުލުމާތު ހޯޯދަމުން އަންނަ ކަމަށާއި އަދި އޮޅުވާލައިގެން ފައިސާ ހޯދަމުން އަންނަ ކަމަށެވެ. އަދި މިފަދަ ނަންބަރު ތަކުން ގުޅާ ފައިސާ ޖަމާކުރަން އެދުނު ކަމުގައި ވިޔަސް އެކަން ނުކުރުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ. ފުލުހުންގެ ޓްވީޓްގައި އިތުރަށް ބުނެފައިވަނީ، 7207438 މިނަންބަރުން ގުޅައިގެން މިފަދަ އަމަލުތައް ހިންގަމުން އަންނަ ކަމަށާއި މިކަމަށް ސަމާލުވުމަށް އެދޭ ކަމަށެެވެ.
Please beware of calls from numbers such as 7207438. They pretend to be bank officials and try to get your bank details before extracting money from you.
Please do NOT make any transactions based on requests from unknown numbers. These are fraud calls! #COVID19Maldives
— Maldives Police (@PoliceMv) April 16, 2020
ފަހަކަށް އައިސް މިފަދަ ކޯލްތައްދަނީ އިތުރުވަމުންނެވެ. އަދި އޮޅުވާލައިގެން ކޭޝް ކާޑްގެ ނަންބަރު ހޯދުން ފަދަ ކަންކަންވެސް ކުރަމުން އަންނަކަން ފާހަގަކޮށްލެއެވެ. ބޭންކް އިން ކަސްޓަމަރުންނަށް ގުޅާ މިފަދަ މަޢުލޫމާތު ހިއްސާ ކުރަން ނޭދޭނެކަން ހަނދުމަކޮށްދެމެވެ.