ލައިފްސްޓައިލް

ފްލައިޓެއް ތެރެއަށް އުފަންވި ކުއްޖަކަށް މުޅި އުމުރު ދުވަހު ހިލޭ ދަތުރުކުރަން ޓިކެޓު ލިބިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނިއު ދިއްލީ އާއި ބެންގަލޫރާ ދެމެދު ދަތުރުކުރާ "އިންޑިގޯ" ފްލައިޓެއްގެ ތެރެއަށް މިދިޔަ ބުދަ ދުވަހު އުފަންވީ ކުއްޖަކަށް މުޅި އުމުރު ދުވަހު ހިލޭ ދަތުރު ކުރަން ޓިކެޓު ލިބިއްޖެއެވެ.

Ads by Hajj Corporation

އެފްލައިޓުގެ މެނޭޖްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުފަންވީ ފިރިހެން ކުއްޖެއް ކަަމަށާއި، އެކުއްޖާގެ މަންމަ ފްލައިޓު ތެރެއަށް ވިހެއީ ދުވަސް ނުފުރާ ކަމަށެވެ.

އެކުއްޖާ އުފަންވެފައި ވަނީ އިންޑިގޯގެ ދިއްލީ-ބެންގަލޫރު 6 އީ 122 ފްލައިޓު ތެރެއަށެވެ. އަންހެން މީހާ ވިހެއުމުގައި ފްލައިޓުގެ ކްރޫއިންނާއި ބައެއް އަންހެން ޕަސެންޖަރުން ވެސް އެހީތެރިވެދީފައިވާ ކަމަަށް ރިޕޯޓު ތަކުން ބުނެފައިވެއެވެ.

އެކުއްޖާއާއި މައިމީހާގެ ހާލު ވެސް ރަނގަޅު ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ. ފްލައިޓުގެ ބައެއް ކްރޫއިންނާއި ޕަސިންޖަރުން އެކުއްޖާއާއި ކުއްޖާގެ މަންމަ އާއެކު ނަގާފައިވާ ފޮޓޯތަކެއް މީސްމީޑިއާގައި މިހާރު ވެސް ދައުރުވަމުން އެބަދެއެވެ.

މާބަނޑު އަންހެނަކު ވިހެއުމުގެ ވޭނުގައި ހުރުމުން އިންޑިގޯ ފްލައިޓުން ވެދިން އެހީއަށް ގިނަ ބައެއްގެ ތައުރީފު ވަނީ އެފްލައިޓުގެ ކްރޫއިންނަަށް އަމާޒުވެފައެވެ.

އެންބީޓީގެ ރިޕޯޓަކުން ޔަގީން ކޮށްދީފައިވާ ގޮތުގައި، އިންޑިގޯ އިން ވަނީ އިއްްޔެ އުފަންވީ އެ ތުއްތު ކުއްޖާއަށް މުޅި އުމުރު ދުވަހު އެފްލައިޓުން ހިލޭ ދަތުރު ކުރެވޭނެ ގޮތަށް ހަމަޖައްސާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!