ޚަބަރު

ކޯލް ސެންޓަރުގެ ހިދުމަތްތައް ރަނގަޅު ކުރާނަން: ސީޕީ

ދެން އެމްވީ

މާލޭ ލޮކްޑައުން ކޮށްފައިވާއިރު ފުލުހުންގެ ހިދުމަތަށް އެދޭ ކޯލއ ސެންޓަރުގެ ހިދުމަތް ރަނގަޅު ކުރާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވިޔަފާރިތަކުންނާއި އާންމު ރައްޔިތުންގެ ފަރާތުން އެހީތެރިކަމަށް އެދި ކޯލް ސެންޓަރަށް އެއްފަހަރާ ޖަވާބު ދެވޭ އަދަދާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސީޕީ މިހެން ވިދާޅުވީ 24 ގަޑިއިރުގެ ލޮކްޑައުންއާ ގުޅިގެން އެހީތެރިކަމަށް އެދޭ ފުލުހުންގެ ކޯލް ސެންޓަރުގެ ނަމްބަރަށް ނުގުޅޭ ކަމުގެ ޝަކުވާތައް ގިނަވެފައި ވަނިކޮށެވެ.

މާލޭގަައި އިއްޔެ އިއުލާން ކުރި 24 ގަޑިއިރުގެ ލޮކްޑައުންގެ މުއްދަތު މިއަދު ވަނީ އިތުރު 24 ގަޑިއިރަށް އިތުރުކޮށްފައެވެ.


މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!