ޚަބަރު

ގދ. ތިނަދޫއިން ވެސް މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މަސްވެރިންތަކެއް--

ގދ. ތިނަދޫއިން ވެސް މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މިދިޔަ މަހުގެ 22އިން ފެށިގެން މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް ރާއްޖޭގެ އުތުރާއި ދެކުނުން އެފްއެސްއެމްގެ ޝެޑް ގާއިމުކޮށްފައިވާ ހުރިހާ ހިސާބަކުން އަގު ހެޔޮ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ އިރު މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ދ.މީދޫ އިންވެސް ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނޭ އިންތިޒަމް މިހާރުވަނީ ހަހަޖައްސައިފައެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ ފަހި ހަކަތައިގައި ރަޖިސްޓްރީ ވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި ގދ.ތިނަދޫ އިން ތެޔޮ ލިބޭނެ އިންތިޒާމް މިހާރު ހަމަޖައްސައިފައިވާ ކަމަށެވެ.

މި ހާލަތުގައިވެސް މަސްވެރިކަމުގެ ސިނާއަތް ހުއްޓުނަނުދީ ކުރިއަށް ގެންދިއުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ މަތިން، ސަރުކާރުން ވަނީ މަސްވެރި، އުޅަނދުފަހަރަށް ހެޔޮ އަގެއްގައި ޑީސަލް ވެސް ވިއްކަން ފަށާފައެވެ. އަދި މިދިޔަ މާޗު މަހުން ފެށިގެން ހުޅުމާލެ ކ.ހިންމަފުށި. ޅ. ފެލިވަރު، ގއ.ކޫއްޑޫ، ސ.ހުޅުދޫ މިފްކޯ އަދި އެފްއެސްއެމް ޝެޑުން ހެޔޮ އަގެއްގައި ތެޔޮ ވިއްކަން ވެސް ވަނީ ފަށާފައެވެ.

އޭގެ އިތުރުން އެ ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި އަގު ހެޔޮ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުން އެފްއެސްއެމްގެ ސްކިޑް ގާއިމް ކޮށްފައިވާ އިތުރު 9ރަށަކުން އަގު ހެޔޮ ރޭޓެއްގައި މަސްވެރިންނަށް ތެޔޮ ލިބިގެން ދާނެއެވެ.

Ads by Allied Insurance