ޚަބަރު

އަނަސް، މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ކުރިމަތިލައްވަން ނިންމަވައިފިއެވެ.

Ads by MWSC

އަނަސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގެ ހުރި ގޮންޖެހުންތައް ހައްލުކޮށް މާލޭގެ ރައްޔިތުންނާއި ރަށްވެހިންނަށް ހިންދެމިލައި އުޅެވޭނެ އަމާން، ރައްކާތެރި ތަނަކަށް ހަދަން ޖެހޭ ކަމަށެވެ. އެ ހިތްފަސޭހަކަން މާލެ އަށް ގެނެސްދިނުމުގެ މަސްއޫލިއްޔަތާ ކުރިމަތިލާން ނިންމެވީ އުފަލާ އެކު ޚިދުމަތް ކޮށްދެއްވަން ކަމަށް ވެސް އަނަސް ވިދާޅުވި އެވެ.

އަނަސްގެ އިތުރުން އެމްޑީޕީގެ ޓިކެޓު ހޯދުމަށް ޕްރައިމަރީގައި ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި، މާލޭ ސިޓީ ކައުންސިލްގެ މިހާރުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އިތުރުން ސިޓީ ކައުންސިލްގެ މެމްބަރު އަހްމަދު ނިޔާޒް (ނިޔާ) އެވެ.

އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!