ދުނިޔެ

އިންޑިއާގައި މައުލޫމާތު ފޯރުކޮށްދޭން ދިޔަ ފުލުހުންނަށް މަރުހަބާ ކީ ކުދި އޮށް ގަލުން

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ ބިހާރު ރައްޔިތުންނަށް ކޮވިޑް19 ގެ މައުލޫމާތު ދޭން ދިޔަ ފުލުހުންނާއި ޑޮކްޓަރުންނަށް ހުރަސް އަޅައި ކުދި އޮށް ގަލުން ހަމަލާ ދީފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތައް ބުނާ ގޮތުގައި މި ހާދިސާގައި ހެލްތް މެނޭޖަރަކަށާއި ބޮޑީ ގާޑެއްގެ އިތުރުން އިތުރު ތިންމީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ.

ބިހާރުގެ ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި ފުލުހުންނާއި ސިއްހީ މާހިރުން އެ ސަރަހައްދަށް ދިޔައީ އެ އަވަށުގެ މީހުން އިޖުތިމާއީ ގައިދުރު ކަމަށާއި ކަނޑައަޅާފައި ހުރި މިންގަނޑުތަކަށް އަމަލު ނުކުރާ ކަމުގެ ރިޕޯޓުތައް ލިބި އެކަމަށް ހޭލުންތެރި ކުރުވުމުގެ ގޮތުންނެވެ.

ނަމަވެސް އެ ޓީމުން އެ ސަރަހައްދަށް ދިއުމުން މައްސަލަ ހޫނުވެ އޮށްގަލުން ހަމަލާ ދިނީ ކަމުގައި ވެސް ފުލުހުން ބުނެފައިވެއެވެ. ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމުގައި ވެސް ބުނެފައިވެއެވެ.

ބިހާރު އަވަށުގައި މިހާތަނަށް 70 އަށް ވުރެ ގިނަ ކޮވިޑް ކޭސް ރިޕޯޓުކުރެވިފައިވާ ކަމަށް އިދާރާތަކުން ހާމަކުރެއެވެ. އަދި އިޖުތިމާއީ ގައިދުރުކަމަށް އަމަލު ނުކޮށް އުޅެފިނަމަ ގިނަ ބަޔަކަށް ބަލި ޖެހި ނުރއްކާ ބޮޑުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައި ހާމަކުރެއެވެ.

މިފަދަ އިތުރު ހަމަލާތަކެއް މީގެ ކުރިން ވެސް ދީފައިވާއިރު އިންޑިއާގައި އިއްޔެވެސް ވަނީ ކޮވިޑް19 ގައި މަރުވި މީހަކު ބަލަ ދިޔަ އެންބިއުލޭންސަކަށް ހަމަލާ ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!