ލައިފްސްޓައިލް

ލޮކްޑައުން: ކޮން ބައެއް އެންމެ ގިނައިން ޓިކްޓޮކް ކުޅެ، ބަލަނީ؟

ކޯވިޑް-19 އަށް ފައްސިވި ދިވެއްސަކު އިއްޔެ މާލެއިން ފެނުމުން، މާލެ ސަރަޙައްދު ލޮކްޑައުން ކޮށްފައިވާއިރު، ގޭގައި ބަންދުވެގެން ތިބެން ޖެހުމަކީ ގިނަ މީހުން އިންތިހާއަށް ފޫހިވާނެ ކަމެކެވެ.

އާއިލާގެ އެންމެންނާއެކު އެއްތަނެއްގައި މާގިނައިރު ބަންދުވެފައި ތިބެން ޖެހުމުން، ބައެއް މީހުންގެ ބޯ ގޮވާއިރު އެފަދަ ފިކުރުތަކުން ސަލާމަތްވުމަށް އެކިއެކި ކަންކަން މީހުން ކުރެއެވެ. އޭގެ ތެރެއިން އެއް ކަމަކީ ކުޑަ ސްކްރީން ނުވަތަ ގިނަ މީހުންނަށް އެނގޭ ގޮތުންނަމަ، "ޓިކްޓޮކް" އަށް ގެއްލުމެވެ.

ބައެއް މީހުން ޓިކްޓޮކް ބެލުމަށް ބޮޑަށް ޝައުޤުވެރިކަން ބަހައްޓާއިރު، އަނެއް ބަޔަކު ޓިކްޓޮކް ކުޅުމުގައި އަވަދިނެތި އުޅެއެވެ.

ޓިކްޓޮކް ބަލާމީހުންނަށް ބަލާލާއިރު އެންމެ ގިނައީ އަވަށްޓެރި އިންޑިއާ ގައި ދިރިއުޅޭ ޓިކްޓޮކް ސްޓާރުން ކުޅެފައި ހުންނަ ވީޑިއޯތައް ބަލާމީހުންކަށް ފާހަގަ ކޮށްލެވެއެވެ. އެމީހުންގެ ވީޑިއޯތަކަށް ބަލާލާއިރު މިހާރު ގިނައީ ވެސް ލޮކްޑައުންގެ ހާލަތާއި ގުޅުވާފައި ހުރި ވީޑިއޯތަކާއި ޓްރާންސިޝަން ވީޑިއޯތަކެވެ. ކުރިން ކުޅެފައި ހުންނަ ބައެއް ވީޑިއޯތައް ވެސް އެމީހުން އަލުން އަޕްލޯޑް ކޮށްފައި ހުރެއެވެ.

ދިވެހިންނަށް ބަލާއިރު އަދިވެސް ގިނައީ އެހެން ޤައުމުތަކުގެ މީހުން ކުޅެފައި ހުންނަ ވީޑިއޯތައް ނަކަލު ކޮށްގެން ކުޅެފައި ހުންނަ ވީޑިއޯއެވެ. ނަމަވެސް ދިވެހި ޓިކްޓޮކް ސްޓާރުންގެ ވެސް އެކްޓިންގާއި ހުނަރު މޮޅުކަން ފާހަގަ ކޮށްލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!