ޚަބަރު

ނޭވާލާން އުނދަގޫވެ ސިއްހީ އެހީތެރިކަން ބޭނުންވާ ނަމަ 1676 އަށް އަވަހަށް ގުޅުއްވާ

ދެން އެމްވީ

ނޭވާލާން އުނދަގޫވެ ސިއްހީ އެހީތެރިކަން ބޭނުންވާ ނަމަ އަވަހަށް 1676 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެޗްޕީއޭ އިން އެދިއްޖެ އެވެ.

މާލެއިން އިއްޔެ އެންމެ ފުރަތަމަ ކޮވިޑަށް ފައްސިވި މީހާއަކީ، މ. ޖަރީމާގޭގައި ދިރިއުޅެމުންދިޔަ އަންހެނެކެވެ. ދެވަނަ އަށް ފައްސިވީ އޭނާގެ ތުއްތު ދަރިފުޅެވެ. ދެން ފައްސިވި މީހާ އަކީ ވެސް އަންހެން މީހާއާ ބައްދަލުވި މީހެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ހުންއައިސް، ކެއްސާ، ނޭވައަށް އުނދަގޫވާ ނަމަ ސިއްހީ އެހީތެރިކަން ހޯއްދެވުމަށް 1676 އަށް ގުޅުމަށް އެދޭ ކަމަށެވެ. އަދި ފައްސިވި މީހަކާ ޑައިރެކްޓު ކޮންޓެކްޓުވި މީހެއް ނަމަވެސް އެ ނަމްބަރަށް ގުޅުމަށް އެދެއެވެ. ނުވަތަ 1676 އަށް ކުއެރީ ފުނުވައިގެންނާއި [email protected] އަށް މެއިލްކޮށްގެން ވެސް އެ މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މާލެ އިން ފެނުނު ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށް އިއްޔެ މެންދުރު 3:30ގައި މާލެ ސަރަހައްދު 24 ގަޑިއިރަށް ގެނައި ލޮކްޑައުން ވަގުތު، މާދަމާ 3:30 އަށް އެޗްޕީއޭ އިން މިއަދު ވަނީ އިތުރުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!